ފުރަން ގޮސްހުރި އަންހެނެއްގެ އަތުން ޑުރަގް ފެނުމުން ހައްޔަރުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލަށް ފުރަން ގޮސް ހުރި އަންހެނެއްގެ އަތުން ޑުރަގް ފެނުމުން، އޭނާ ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 30 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އޭނާ ބަލާފާސްކުރި އިރު ޑުރަގް ކަމަށް ޝައްކުކުރެވޭ ދެ ރަބަރު ޕެކެޓް ފެނިފައިވާ ކަމަށާއި އޭގެ ބަރުދަނުގައި 209 ގްރާމު ހުރި ކަމަށްވެސް ބުންޏެވެ.

ފުލުހުންގެ ޑްރަގު އެންފޯސްމަންޓުން އެ މައްސަލަ އަންނަނީ ތަހުގީގު ކުރަމުންނެވެ.