ހުޅުމާލޭގައި ހިންގާ ބޯކޮށާ ތަންތަނަށް އަމާޒުކޮށް މޯލްޑިވްސް އިމިގްރޭޝަނުން ހިންގި ރެއިޑެއްގައި ގަވައިދާ ހިލާފަށް އުޅޭ ހަތް ބިދޭސީއަކު އަތުލައިގެންފި އެވެ.
އިމިގްރޭޝަނުން ބުނީ, އެ ރެއިޑުގައި ހަ ތަނެއް ބަލައިފާސްކޮށް އޭގެ ތެރެއިން ހަތަރު ތަނެއް ބަންދުކޮށްފައިވާ ކަމަށެވެ.
އިމިގްރޭޝަނުން އިއްޔެ ވަނީ ހުޅުމާލޭގައި ބިދޭސީން ހިންގަމުންދާ ކޮފީ/ ޓޭކްއަވޭ ފިހާރަތަކަށް އަމާޒުކޮށް ރެއިޑެއް ހިންގައިފަ އެވެ.
އިއްޔެ ހަވީރު ހިންގި އެ ރެއިޑުގައި ހަތް ތަނެއް ބަލައިފާސްކޮށް, އެ ތަންތަނުގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ ހަތަރު ބިދޭސީއަކު އަތުލައިގެންފައިވާ ކަމަށްވެސް އިމިގްރޭޝަނުން ބުނެ އެވެ.



