ފާހާނާގައި ފެންވަރަން ހުރި މީހަކު، ފާހާނާ އިން ގަދަކަމުން ނެރެ އޭނާއަށް ވަޅިން ހަމަލާދިން މީހަކު ހަތް އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
މި މައްސަލައިގައި ހުކުމްކޮށްފައި ވަނީ މ. ގޯލްޑަންލީފް/ އަހުމަދު ނަބީލްގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލީ ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާ އެވެ.
އެ ދައުވާ އުފުލީ ދައުލަތުން ބުނި ގޮތުގައި، 16 އޯގަސްޓް 2023 ވަނަ ދުވަހު ގ. އަރުތަވިލާގޭ ކޮޓަރިއެއްގެ ފާހާނާގައި ރ. ރަސްގެތީމު/ އިރުދޭމާގޭ، އަހުމަދު ވިޝާމް ފެންވަރަށް ހުއްޓައި، އޭނާ ފާހާނާ އިން ގަދަކަމުން ނެރެ އޭނާގެ ނިއްކުރިއާއި ވާތްފަރާތުގެ ކޮނޑާ ދިމާލުން ބުރަކައްޓަށް ހަމަލާދީ ޒަހަމްކޮށްލާފައިވާތީ އެވެ.
މި މައްސަލަ ބެލުމަށްފަހު ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނީ، ދައުލަތުން އޭނާގެ މައްޗަށް ކުރި ދައުވާ ސާބިތުވާތީ އެކަމުގެ އުގޫބާތެއްގެ ގޮތުން ހަތް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމް ކުރާ ކަމަށެވެ.
ނަމަވެސް ނަބީލް ބަންދުގައި ހުރި މުއްދަތު، އޭނާގެ މައްޗަށް ކަނޑައެޅި ޖަލު އަދަބުން އުނިކުރުމަށްވެސް ކޯޓުގެ ހުކުމުގައިވެ އެވެ.




ގުޅުންހުރި
ރާއްޖެއަށް ޑްރަގް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭ ބިލު ތަސްދީގު
ރައީސް މާދަމާ ރޭ ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ
ބަޖެޓުން ފައިސާ ލިބޭ ޕާޓީތަކުގެ ލިސްޓުން އަދާލަތު ޕާޓީ އުނިވެއްޖެ
ހުޅުމާލޭ މަގުތަކުގައި ގަވައިދާ ހިލާފަށް ޕާކުކޮށްފައި ހުރި ދުވަސްވީ އުޅަނދުތައް ޓޯކުރަން
އޮޕަރޭޝަން އަލިމަގު: އައްޑޫން ހައްޔަރުކުރި މީހުންގެ އަދަދު 10 އަށް
ޓެލެތޯނުން ލިބުނު އަށް ލައްކަ ޑޮލަރު ލަންކާ ސަރުކާރާ ހަވާލުކޮށްފި