އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު މިއަދު ހަވީރު ރާއްޖެ ވަޑައިގެންފި އެވެ.
މިއީ ދިވެހި ސަރުކާރުގެ ދައުވަތަކަށް ޖައިޝަންކަރު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅެވެ. އަދި މިއީ ޖައިޝަންކަރު ރާއްޖެ ވަޑައިގަންނަވާ ހަތަރު ފަހަރެވެ.
ފޮރިން މިނިސްޓްރީން އިއްޔެ ބުނެފައިވަނީ ޖައިޝަންކަރު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރަކީ ފޮރިން މިނިސްޓަރު މޫސާ ޒަމީރުގެ ދައުވަތަކަށް ކަމަށެވެ.
ޖައިޝަންކަރު ރާއްޖެ ކުރައްވާ ދަތުރުގައި ރާއްޖެއާއި އިންޑިއާގެ ގުޅުމާ ގުޅޭ ގޮތުންނާއި އެ ގުޅުން އިތުރަށް ހަރުދަނާ ކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ. އަދި ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އެއްބާރުލުން ދިނުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރާނެ ކަމަށެވެ.
ފޮރިން މިނިސްޓްރީން ބުނެފައިވަނީ މި ދަތުރުގެ ތެރެއިން އިންޑިއާގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް (އެޗްއައިސީޑީޕީ) އާއި އިންޑިއާގެ އެކްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓް ދަށުން ނިމިފައިވާ މަޝްރޫއުތައް ޖައިޝަންކަރު ރަސްމީކޮށް ހުޅުވައިދެއްވުމަށް އައްޑޫ ސިޓީއަށް ވަޑައިގަންނަވާނެ ކަމަށެވެ.
އަދި އިންޑިއާގެ ލައިން އޮފް ކްރެޑިޓެއްގެ ދަށުން ހަދަމުންދާ ތިލަމާލެ ބުރިޖުގެ މަސައްކަތް ކުރިއަށްދާ ގޮތްވެސް ޖައިޝަންކަރު ބައްލަވާލައްވާނެ ކަމަށް ބުންޏެވެ.
ގުޅުންހުރި
އިންޑިއާގެ އާ ސަފީރުގެ މަގާމުގެ ފަތްކޮޅު ރައީސް މުއިއްޒަށް އަރުވައިފި
ގައްސާން މި ހަފުތާގައި އިންޑިއާއަށް ވަޑައިގަންނަވަނީ
ރޯގެ އެހީގައި ރާއްޖޭގެ ވެރިކަން ވައްޓާލަން އުޅުނު ވާހަކަ އިންޑިއާއިން ދޮގުކޮށްފި
ރާއްޖޭގައި އިތުރު މަޝްރޫއުތަކެއް ހިންގުމަށް އިންޑިއާއެކު ސޮއިކޮށްފި
އިންޑިއާއިން ވެރިކަން ވައްޓާލަން އުޅުނު ކަމުގެ ތުހުމަތު އޮތްވަައި ހަލީލު އިންޑިއާއަށް!
އިންޑިއާއިން ރާއްޖޭގެ ވެރިކަމާ ކުޅޭނެ ކަމަށް ގަބޫލެއް ނުކުރެވޭ: ނަޝީދު