ޖަލަށް ޑުރަގް ވައްދާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އޮފިސަރުންގެ ފޮޓޯއާއި ވަނަވަރު ހާމަކޮށްފި

ކުށްވެރިންނަށް ފޯނާއި މަސްތުވާތަކެއްޗާއި އެހެނިހެން ސާމާނު ފޯރުކޮށްދެމުން ދިޔަ ކަމަށް ތުހުމަތުކޮށް ހައްޔަރުކުރި ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންތަކުގެ ފޮޓޯއާއި ވަނަވަރު ފުލުހުން މިއަދު އާންމުކޮށްފި އެވެ.

ފުލުހުން ކުރިން ބުނި ގޮތުގައި އެ 13 އޮފިސަރުން ހައްޔަރުކުރީ މާފުށީ ޖަލުގައި ތިބޭ ކުށްވެރިންނަށް ޑުރަގާއި ފޯނު ވެއްދުމުގައި ކަރެކްޝަންސްގެ އޮފިސަރުންތަކެއް ބައިވެރިވާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ ޖޫން މަހުގެ 27 ވަނަ ދުވަހާއި 28 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގަ އެވެ.

މިއީ އެ އޮޕަރޭޝަންގައި ހައްޔަރުކުރި އޮފިސަރުންގެ ފޮޓޯއާއި ވަނަވަރު އާންމުކުރި ފުރަތަމަ ފަހަރެވެ.

އެ މީހުންގެ ތެރެއިން ނުވަ މީހަކު މާފުށިން ހައްޔަރުކުރި އިރު، ކާށިދޫން ދެ މީހަކު، އުތީމުން އެކަކު އަދި މާލެ އިން މީހަކު ހައްޔަރުކުރި ކަމަށްވެސް ފުލުހުން ކުރިން މީޑިއާއަށް ބުނެފައިވެ އެވެ.

ފުލުހުން މިއަދު ބުނީ، އެ 13 މީހުންގެ މައްސަލަ ތަހުގީގުކޮށް ނިންމައި، ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް މިއަދު ފޮނުވާފައިވާ ކަމަށެވެ.

ހައްޔަރުކުރި އޮފިސަރުންގެ މައުލޫމާތު:

  • ކ. މާފުށި/ މާވިނަ، ޒަޔާން އަހުމަދު، 23އ.
  • ރ. މީދޫ/ ހިޖާޒް، ޔާމީން ހުސެއިން، 23އ.
  • ށ. ފޯކައިދޫ/ ފަހާގެ، އަހުމަދު ޝަމާލް، 24އ.
  • ށ. ފޯކައިދޫ/ ދަނބުމާގެ، މުހައްމަރު ރިމާޒް، 29އ.
  • ކ. ކާށިދޫ/ ބިންމަތީގެ، އަހުމަދު އަނޫފް، 27އ.
  • ނ. ލަންދޫ/ ކާމިނީގެ، އަލީ އަޝްފާގު، 32އ.
  • ފ. ނިލަންދޫ/ ހަވޭލި، މާޒިން ހަމީދު، 22އ.
  • ރ. އުނގޫފާރު/ އައިވަރީ ހައުސް، ޖިނާހް އަބްދުލްރަހީމް، 29އ.
  • ގއ. ވިލިނގިލި، ކުއްޅަވައްގެ، މުހައްމަދު ފަތޫހު ފަތުހުﷲ، 24އ.
  • ގ. އީވްނަން ސްޓާ، މުހައްމަދު ނަބުހާން، 30އ.
  • މ. މޭދާ، މުހައްމަދު ނަބީލް އިބްރާހިމް، 21އ.
  • ހދ. ނޭކުރެންދޫ، ތަރާނާގެ، އަލީ ނާޒިމް، 36އ.
  • ކ. މާފުށި/ ބީޗް ހައުސް، އަލީ ހިޝާމް، 33އ.