ސަރުކާރު ހިއްސާވާ 10 ކުންފުންޏެއްގެ ބޯޑުން 16 މެންބަރަކު ވަކިކޮށްފި އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ބުނީ އެ ބޭފުޅުން މަގާމުން ވަކިކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. ނަމަވެސް އެ ބަދަލުތައް ގެނައި ސަބަބެއް ނުބުނެ އެވެ.
ސަރުކާރު ހިއްސާވާ 10 ކުންފުންޏެއްގެ ބޯޑުން ވަކިކުރެއްވި ބޭފުޅުން:
- ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަންގެ ބޯޑު މެންބަރު: މުހައްމަދު ރަޝީދު
- ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަންގެ ބޯޑު މެންބަރު: ހާމިދު ސާދިގު
- މޯލްޑިވްސް ޕޯސްޓްގެ ބޯޑު މެންބަރު: މުހައްމަދު ނާޝިދު
- އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ބޯޑު މެންބަރު: ހުސެއިން މުހައްމަދުދީދީ
- އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ބޯޑު މެންބަރު: ޝާތިފް އަލީ
- އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ބޯޑު މެންބަރު: ޝަޒުރާ ޝާކިރު
- ބިޒްނަސް ސެންޓާ ކޯޕަރޭޝަންގެ ބޯޑު މެންބަރު: ލަމްޔާ އިބްރާހީމް
- ބިޒްނަސް ސެންޓާ ކޯޕަރޭޝަންގެ ބޯޑު މެންބަރު: އަހުމަދު އިފްތިހާރު
- ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ބޯޑު މެންބަރު: ނަޖީލް އަހުމަދު
- ފެނަކައިގެ އެގްޒެކެޓިވް މެންބަރު: އިބްރާހިމް ނާއިފް
- ފެނަކައިގެ ބޯޑު މެންބަރު: އަހުމަދު އީހާބް
- ޕޮލިސް ވެލްފެއާގެ ބޯޑު މެންބަރު އަލީ ނަޒީރު
- ޓްރޭޑްނެޓް މޯލްޑިވްސްގެ ބޯޑު މެންބަރު ނާހިޔާ މުހައްމަދު
- ވެމްކޯގެ ބޯޑު މެންބަރު: އަލީ ނަބީލް
- ވެމްކޯގެ ބޯޑު މެންބަރު: މުސްތަފާ މުހައްމަދު
- ވެމްކޯގެ ބޯޑު މެންބަރު: އަލީ އިކްރާމް
މި ބޭފުޅުންގެ އިތުރުން މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ޗެއާމަން މުހައްމަދު އަބްދުﷲ، ފެނަކަ ކޯޕަރޭޝަން ލިމިޓެޑް ޗެއާމަން އަދި އަހުމަދު ޝަހީރު އަދި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑްގެ ޗެއާމަން ޝުހާދު އިބްރާހިމް ވެސް ވަނީ ވަކިކޮށްފަ އެވެ.




ގުޅުންހުރި
ޝަމްއާނަށް ގާޒީގެ އިންޒާރު: ހެޑްލައިން ހެދުމަށް ފުރުސަތެއް ނުދޭނަން!
ނަރުހުންނާއި ޓީޗަރުން ހިމެނޭހެން ވަޒީފާތަކަށް ބިދޭސީން ގެނައުން މަނާކުރަނީ
ފިހިގެން ނިޔާވި ސްޓެލްކޯގެ މުވައްޒަފުގެ ޖަނާޒާ މިރޭ ހުޅުމާލޭގައި ބާއްވަނީ
މާރާމާރީ ހިންގި މައްސަލައެއްގައި އަނެއްކާވެސް ފުލުހަކު ހައްޔަރަށް
ދޯންޏެއްގައި އެކަނި ދަތުރަކަށް ނުކުމެ އުޅުނު މީހަކު ކަނޑުވެފައި ވަނިކޮށް ސަލާމަތްކޮށްފި
ބޭސްފަރުވާގެ އެހީގެ ގޮތުގައި މިދިޔަ މަހު 35 މިލިއަން ރުފިޔާ ދިނިން: