މި ސަރުކާރުގެ މިސްރާބު ހުރީ މާލީ ހާލަތު ހާމަކުރުމުގެ ބަދަލުގައި ސިއްރުވެރި ދައުލަތެއް ގާއިމުކުރުމާ ދިމާލަށް ކަމަށް އެމްޑީޕީގެ ޗެއާޕާސަން، ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ބޭންކުތަކާއި މާލީ އިދާރާތަކުގެ ބޯޑުތަކަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކޮށްފައިވާ ސިޔާސީ މީހުންވެސް ބޭންކުތަކުގެ ބޯޑަށް އައްޔަން ކުރެވޭ ގޮތަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ގެނައި އިސްލާހާ ގުޅިގެން ފައްޔާޒް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފާއިތުވެދިޔަ އެއްވެސް ސަރުކާރަކުން އެކަން އެގޮތަށް ކޮށްފައި ނުވަނީ މާލީ ނިޒާމުގެ އިތުބާރު ދަމަހައްޓައި ނަޒާހަތްތެރިކަން ގާއިމުކުރަން ކަމަށެވެ.
ނަމަވެސް މިހާރު ފެނިގެން މިދަނީ މާލީ ނިޒާމު އެތަކެއް އަހަރު ފަހަތައް ޖައްސާލުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ މަންޒަރު ކަމަށް ވިދާޅުވި އެވެ.
”މި ސަރުކާރުން މިފެންނަނީ މާލީ ނިޒާމު އެތައް އަހަރުތަކެއް ފަހަތަށް ޖައްސާލާ މަންޒަރު. ދައުލަތުގެ ހިސާބުތަކާއި މާލީ ހާލަތުގެ ރިޕޯޓުތައް ހާމަކުރަން އިންކާރުކޮށް ސިއްރުވެރި ދައުލަތެއް ގާއިމުކުރުމަށް މިސްރާބު ޖަހާފައި ހުރިތަން“ ފައްޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރަނގަޅު ދުޅަހެޔޮ އިގުތިސޯދެއް ބިނާކުރުމަށް ކަންކަން ހާމަކުރައްވަން ޖެހޭނެ ކަމަށާއި ސަރުކާރެއްވިޔާ ކަންކަން ހާމަކުރުމުގެ ސަބަބުން އަންނަ ފާޑުކިޔުންތައް އަޑުއެހުމުގެ ގާބިލުކަން ހުންނަންވާނެ ކަމަށެވެ.
އެމްއެމްއޭ އިން އަލަށް ގެނައި އިސްލާހުގައި އިތުރަށް ބަޔާންކޮށްފައި ވަނީ ކެބިނެޓު މިނިސްޓަރުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިން އަދި ސިޔާސީ ޕާޓީތަކުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ފިޔަވައި ސިޔާސީ މަގާމުތަކުގައި ތިއްބަވާ އެހެން ބޭފުޅުން ބޭންކުތަކާއި އިންޝުއަރެންސް ކުންފުނިތައް އަދި މާލީ ހިދުމަތް ދޭ ކުންފުނިތަކުގެ ބޯޑަށް އައްޔަންކުރެވޭނެ ކަމަށެވެ.
ގަވާއިދުގައި މީގެ ކުރިން ބަޔާންކޮށްފައި އޮންނަނީ ބޭންކުތަކާއި އިންޝުއަރެންސް ކުންފުނިތައް އަދި މާލީ ކުންފުނިތަކުގެ ކޯޕަރޭޓު ގަވަނެންސް ގަވާއިދުގައި އޮންނަ ގޮތުން ސަރުކާރު ނުވަތަ ސަރުކާރުގެ ޑިޕާޓްމަންޓަކަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކޮށްފައިވާ އެއްވެސް މީހަކު ބޭންކު، އިންޝުއަރެންސް ނުވަތަ ފައިނޭންސް ކުންފުންޏެއްގެ ބޯޑަށް އައްޔަން ނުކުރެވޭނެ ކަމަށެވެ.
12 Comments
ގުޅުންހުރި
ރިސޯޓުތަކުން 40 މިލިއަން ޑޮލަރު ބޭންކުތަކަށް މާރުކުރާނެ ކަމަށް ބެލެވޭ: އެމްއެމްއޭ
އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން މަޖިލީހަށް ވައްދައިފި
އެލާޓް ސިސްޓަމް ހައްލުކޮށް ފިއްޓޭ، އަނބުރާ އެމްޑީޕީއަށް ވައްދައިފި
ވަގު ފޯމެއް ހުށަހަޅައިގެން މެންބަރު ފިއްޓެ ޕީއެންސީއަށް ވައްދައިފި
އެމްޑީޕީ މެންބަރުންނަށް އަޅައިފައިވާ ފިޔަވަޅުތައް އުވާލައިފި
ރާއްޖެ-ޗައިނާގެ އެފްޓީއޭއަށް ބުދަ ދުވަހުން ފެށިގެން އަމަލުކުރަނީ