ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އިންވެސްޓުކުރުމާ ބެހޭގޮތުން ފޮރިން މިނިސްޓަރު މޫސާ ޒަމީރު، ބަހްރައިންގެ ޓޫރިޒަމް މިނިސްޓަރު ފާތިމާ ބިންތު ޖައްފާރު އަލް ސައިރާފީއާ ބައްދަލުކުރައްވައި މަޝްވަރާކޮށްފި އެވެ.
ޒަމީރު މިވަގުތު ހުންނެވީ ބަހްރައިންގެ ފޮރިން މިނިސްޓަރު ޑރ. އަބްދުއްﷲ ލަތީފު ބިން ރާޝީދު އަލް ޒަޔާނީގެ ދައުވަތަކަށް އެ ގައުމަށް ރަސްމީ ދަތުރެއްގައި ވަޑައިގެންފަ އެވެ.
ޒަމީރު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާ ވަނީ ބަހްރެއިން ޓޫރިޒަމް އެގްޒިބިޝަން އޮޓޯރިޓީގެ ޗެއާޕާސަންގެ މަގާމު ވެސް ފުރުއްވާ އެ ގައުމުގެ ޓޫރިޒަމް މިނިސްޓަރު ފާތިމާއާއެކު މަޝްވަރާގެ ބައްދަލުވުމެއް ބާއްވައި އެ ދާއިރާއިން ރާއްޖޭގައި އިންވެސްޓް ކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފަ އެވެ. އަދި ވަނީ ފަތުރުވެރިކަމުގެ ދާއިރާއިން ދެ ގައުމުން ގުޅިގެން ކުރެވޭނެ ކަންތައްތަކާއި ރާއްޖޭގައި އިންވެސްޓުކުރަން ހުރި ފުރުސަތުތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައި ކަމަށް ޒަމީރު ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި ބަހްރައިންގެ ޓޫރިޒަމް މިނިސްޓަރު ވަނީ ރާއްޖޭގެ ފަތުރުވެރިކަމަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފައި ކަމަށް ޒަމީރު ވިދާޅުވި އެވެ.
ޒަމީރު ވަނީ ބަހްރައިންގެ ވަލީ އަހުދު ސަލްމާން ބިން ހަމަދު އަލް ހަލީފާ އާއި ފިނޭންސް އެންޑް ނެޝަނަލް އިކޮނޮމީ މިނިސްޓަރު ޝައިހު ސަލްމާން ބިން ހަލީފާ އަލް ހަލީފާ އާއި ފޮރިން މިނިސްޓަރު އަބްދުﷲ އާތިފު ބިން ރާޝިދު އަލް ޒަޔާނީއާ ވެސް ވަނީ ބައްދަލުކުރައްވާފަ އެވެ.
އެ ބައްދަލުވުންތަކުގައި އެކި ދާއިރާތަކުން ދެ ގައުމުގެ ގުޅުން މިހާރަށް ވުރެ ބަދަހިކުރަން ކުރެވޭނެ ކަންތައްތަކާއި ރާއްޖޭގައި ހުރި ފުރުސަތުތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައިވާނެ ކަމަށް ޒަމީރު ވިދާޅުވެފައިވެ އެވެ.
ގުޅުންހުރި
މިނިސްޓަރު ޒަމީރު ރަސްމީ ދަތުރެއްގައި ޔޫއޭއީ އަށް
ރައީސްގެ އެޑްވައިޒަރަކަށް ހުންނެވި މުހުތާޒު ފޮރިންގެ ސްޓޭޓް މިނިސްޓަރު ކަމަށް ބަދަލުކޮށްފި
ރައީސްގެ ހާއްސަ ސިޓީފުޅެއް ބަހްރައިންގެ ރަސްގެފާނަށް
ހާއްސަ ދައުވަތަކަށް ޒަމީރު ބަހްރެއިނަށް
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރު ރާއްޖެ ވަޑައިގެންފި
ސަރުކާރުގެ ދައުވަތަކަށް ޖައިޝަންކަރު މާދަމާ ރާއްޖެ ވަޑައިގަންނަވަނީ