މާލެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މަގުމަތީގައި އުޅޭ ބުޅާތައް ވަގުތީގޮތުން ރައްކާތެރި މާހައުލަކަށް ބަދަލުކުރަން ނިންމައިފި އެވެ.
އެނިމަލް ވެލްފެއާ މިނިސްޓްރީން މިރޭ ބުނީ، ވިއްސާރައިގެ ސަބަބުން ބުޅާތައް ބަދަލުކުރަން ނިންމާފައިވަނީ މާފަންނު ބަސް ސްޓޮޕާ ޖެހިގެން އޮންނަ ހުސް ބިމުގައި ހުންނަ ކޮންޓެއިނަރުތަކަކަށް ކަމަށާއި އެކަމަށްޓަކައި ކޮންޓެއިނަރުތައް މިރޭ ސާފުކޮށްފައިވާ ކަމަށެވެ.
އަދި މާލޭގައި އާންމުކޮށް ފެންބޮޑުވާ ސަރަހައްދުތަކުގައި އުޅޭ ބުޅާތައް ސަލާމަތްކޮށް، އެތަނަށް ބަދަލުކުރާނެ ކަމަށް ބުންޏެވެ.
މިނިސްޓްރީން ދަނީ މާލޭގައި އުޅޭ ބުޅާތަކަށް ފްލީ ޓްރީޓްމަންޓް ދީ، ރަޖިސްޓްރީ ކުރަންވެސް ފަށައިފަ އެވެ. އަދި މާލޭގެ މަގުތަކުގައި ގިނަވަމުންދާ ބުޅާތައް ގެންގުޅޭނެ ’ޕެޓް ކެއާ ފެސިލިޓީ’އެއް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ހުޅުމާލެ ފަރުކޮޅުފުށީގައި ވަނީ ފަށައިފަ އެވެ.
ޕެޓް ކެއާ ފެސިލިޓީ ނިމެންދެން މާލޭގެ މަގުމަތީގައި އުޅޭ ބުޅާތަކަށް ވަގުތީ ހިޔާ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މީގެ ކުރިން މިނިސްޓްރީން ބުނެފައިވެ އެވެ.




ގުޅުންހުރި
ސަރުކާރުން ޔަގީންކަން ދިން ވަގުތު ހަމަވިތާ 19 ގަޑިއިރު، ފުވައްމުލަކު އަދިވެސް
ކޮރަޕްޝަން ހުއްޓުވޭނީ އިންސާނުން ބޭނުން ނުކޮށް, ޑިޖިޓަލްކޮށް ހިދުމަތް ދެވޭނެ ގޮތް
ރާއްޖެއިން މޫދުވިނަ އެކްސްޕޯޓްކުރަން ތައްޔާރުވެއްޖެ
އާސަންދަ އާއި އިނާޔަތްތައް މަހުޖަނުންނަށް ދިނުން ހުއްޓާލަންޖެހޭ: ސަލީމް
ރާއްޖެއިން ހިފެހެއްޓި ޑްރަގު ބޯޓު ލަންކާއާ ހަވާލުކުރަނީ
”މަސައްކަތް މިކުރަނީ ވެރިކަމުގެ ހުވާގެ މަތީގައި ހުރެ, ކޮންމެ ދުވަހަކުވެސް އެހުވާ