އޮކްޓޯބަރ 6, 2024

ގޭންގުތަކަށް އެހީވުން ކުށަކަށް ހަދައި، ގޭންގު ކުށްތަކުން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނަގަނީ

ގޭންގު ކުށްތައް ހުއްޓުވުމުގެ ގޮތުން ގޭންގުތަކަށް މާލީ އެހީ ދިނުން ކުށަކަށް ހަދައި، ގޭންގު ކުށްތަކުން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނަގާ ގޮތަށް ހޯމް މިނިސްޓްރީން ބިލެއް ޑްރާފްޓެއް މިއަދު ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވައިފި އެވެ.

އެ ބިލުގެ ޑްރާފްޓުގައި ގޭންގުތަކާއި ގޭންގުތަކުގެ ލީޑަރުންނާއި މެންބަރުންނަކީ ކޮބައިކަން ކަނޑައަޅާފައިވެ އެވެ. އެގޮތުން ގޭންގެއްގެ ބައެއް ސިފަތައް ކަމަށް އެ ބިލުގައި ބުނެފައިވަނީ ވަކި ސިޓީއެއް، ރަށެއް، ގޯޅިއެއް އަދި ޕާކެއް ފަދަ ސަރަހައްދަކީ އެ ފަރާތެއްގެ ތަނެއް ކަމަށް ބެލެވޭނެ ގްރެފިޓީއެއް ނުވަތަ ނިޝާނެއް ކުރެހުން ނުވަތަ އެ ސަރަހައްދެއްގައި ގިނަ ވަގުތު ހޭދަ ކުރުމެވެ.

އަދި ބަޔަކު އާންމުކޮށް ގޮސް އުޅޭ ސަރަހައްދުގައި ގިނަ ވަގުތު ހޭދަ ކުރާ ބަޔަކަށް ކަން ކުރަންވީ ގޮތް ކިޔައިދޭ ބަޔަކު ތިބި ކަމަށް އެ މީހުންގެ މެދުގައި ގަބޫލު ކުރާކަން ފުލުހުންގެ ރެކޯޑުތަކުން ދެއްކުން ހިމެނެ އެވެ.

އެ ބިލުގައި ބުނެފައިވާ ގޮތުން، ގޭންގު މެންބަރެއްގެ ބައެއް ސިފަތަކުގެ ތެރޭގައި އޭނާއަކީ ގޭންގު މެންބަރެއް ކަމަށް އެއްބަސްވާ ފަރާތްތަކާއި ކުށް ކުރާ ގޭންގުތަކާ ގުޅިފައިވާ ޓެޓޫ ނުވަތަ ނިޝާނެއް ހުރުމާއި ގޭންގު ލީޑަރެއް ނުވަތަ މެންބަރެއްގެ ފަރާތުން މާއްދީ ފައިދާއެއް ލިބިފައިވާވުން ހިމެނެ އެވެ.

އަދި ގޭންގު ލީޑަރެއް ކަމަށް ބިލުގައި ބުނަނީ ބައެއް ކަންކަމުގެ ތެރޭގައި ގޭންގު ހަރަކާތް ހިންގުމަށް ބޭނުން ކުރާ ވަސީލަތްތަކާއި ކަންކަން މެނޭޖުކޮށް ބަލަހައްޓައި ވަކި އަމަލެއް ކުރަން ނުވަތަ ނުކުރަން ގޮތް ނިންމުމުގެ ބާރު ލިބިފައިވާ ފަރާތަކަށެވެ. ގޭންގެއްގެ އެހެން މެންބަރެއްގެ މައްޗަށް ބާރު ހިންގާ ފަރާތަކަށްވުމާއި އެ މީހަކީ ގޭންގެއްގެ ލީޑަރެއް ކަމަށް ފުލުހުންގެ ތަހުގީގަކަށް އެއްބަސްވެފައިވާ ފަރާތަކީ ވެސް ގޭންގު ލީޑަރެއް ކަމުގައި ބަލާނެ ކަމަށްވެސް ހިމަނައިފައިވެ އެވެ.

ބިލުގައި ބުނެފައިވާ ގޮތުން، ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިއަކީ ގޭންގަކަށް ނުވަތަ ގޭންގު މެންބަރެއްގެ ނަމުގައިވާ އެއްޗެއް ކަމުގައި ނުވިޔަސް ބައެއް ހާލަތްތަކުގައި އެ ތަކެތި ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ދޭނެ އެވެ.

އެގޮތަށް ވިޔަފާރިއެއް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ލިބޭނީ ވިޔަފާރި ކޮށްގެން ލިބޭ އާމްދަނީން ބައެއް ގޭންގަކަށް ނުވަތަ ލީޑަރަށް ލިބުމާއި ވިޔަފާރިން ލިބޭ އާމްދަނީން ޖިނާއީ ކުށްކުރުމަށް މަގުފަހިކުރުމަށް ބޭނުންކުރާކަމުގެ އިންޓެލިޖެންސް މައުލޫމާތު ލިބިފައިވާނަމަ ކަމަށް ވެސް ބުނެފައިވެ އެވެ.

އެ ޑްރާފްޓުގައި ކުށް ކޮށްގެން ލިބޭ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެ ގޮތްތައް ވެސް ހިމަނާފައިފަ އެވެ. އަދި ގޭންގު ކުށްތަކުގައި ހައްޔަރުކުރާ މީހުންނަށް ގާނޫނުއަސާސީން ލިބިދީފައިވާ ހަނު ހުރުމުގެ ހައްގު ހަނި ކުރުމާއި ކަފާލާތުގެ ދަށުން ދޫނުކުރެވުމާއި ޕޭރޯލްގެ ދަށުން ދޫ ނުކުރެވުމާއި މައާފު ނުވަތަ އަދަބު ލުއި ކޮށް ނުދެވޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ތަންފީޒީ އިދާރަތަކަށް ލިބިދޭ ބާރުތައް:

  • ގޭންގު ހަރަކާތެއް ހިންގުމަށް އުޅަނދެއް ބޭނުން ކޮށްފި ނަމަ ކޯޓު އަމުރަކާ ނުލައި 90 ދުވަހުގެ މުއްދަތަކަށް ހިފެހެއްޓުމުގެ ބާރު.
  • ގޭންގެގައި ހިމެނޭ ފަރާތެއް ކުށެއް ކޮށްފާނެ ކަމަށް ބުއްދި އަށް ގަބޫލު ކުރެވޭ އެކަށީގެންވާ ސަބަބު ހުރެއްޖެ ނަމަ ކޯޓު އަމުރަކާ ނުލައި އެ މީހުން ހައްޔަރު ކުރުމުގެ ބާރު.
  • ކޯޓު އަމުރަކާ ނުލައި މީހުން ބަލާ ފާސް ކުރުމާއި އެ މީހުންގެ ފޮޓޯ ނެގުމުގެ ބާރު.
  • އަމިއްލަ ތަނަކުން ހައްޔަރު ކުރާ ފަރާތްތައް ހުރި ތަނެއްގައި ކުށަކާ ގުޅޭ ހެކި ހުރި ކަމަށް ގަބޫލު ކުރެވޭ ނަމަ ބަލާ ފާސް ކުރުމުގެ ބާރު.

33 Comments

  • Hussain Farooq އޯގަސްޓް 14, 2024

    Ihusaan ah kihaa dhuvahaku hifahattaa leveyneba.

  • Hussain Saleem އޯގަސްޓް 14, 2024

    Shamoon YuYu be careful

  • LathYf އޯގަސްޓް 14, 2024

    sarukaarun laari hoadhan molhu Formula eh hadhaalii 🤣

  • Mohamed Shameem Abdul Muhusin އޯގަސްޓް 14, 2024

    Gang meehunnahvvure siyaasee vagun maa ginain rayyithun ge baithulmaalun vakkan kurey. Konme 5 aharegga ethah haas vagun ethah million rufiya nagaigen ulhenee VIP fenvaruga. E vagun ves hifaa hayyarukoh e faisaa aburaa hoadhan jeheyne

    • Sultan Ameeru Sultan Ameeru އޯގަސްޓް 15, 2024

      Mohamed Shameem Abdul Muhusin thieves thdheh … ehmeehunge ayefeye gothugai amalee gothun gang thah harakai threi ve … ehen veemaa adhi thihisaabahves dhane kamuge uhmeedhu behetheveema rangalhu vaane insha allah….

    • Ahmed Ali އޯގަސްޓް 15, 2024

      Mohamed Shameem Abdul Muhusin siyasee meehunge thereyga haasakoh sarukaaraa majuleehugaves eba thibi gang hingaa meehun

  • Mode Bin Ali އޯގަސްޓް 14, 2024

    Dhaulathakah noon thi dhaany 😂😂
    Thi dhaany hama ragalhah ves kaleymenge jeebah 😂

  • Esse Maail އޯގަސްޓް 14, 2024

    Dhaulathun v nun salaan vx Jahan, magu machavx nukunnan dhw

  • Raz Abdul އޯގަސްޓް 14, 2024

    Islaamee shareeaiyy gaaimu kurey

  • Ahmed Sobaa އޯގަސްޓް 14, 2024

    Thiya kushuga emme furathama bedheyni e irehga onna verikamehga emme mathy fadeega thibey bodethin.

  • Raz Usman އޯގަސްޓް 14, 2024

    Kobaa Red WaveSaleem ,kobaa Sujau ,kobaa Naibu raees

    • Muskulhi Kaafa އޯގަސްޓް 15, 2024

      Raz Usman Geyngu nethee kuda aalam giri vahtharu thibey

    • ފަ އި ނާ އޯގަސްޓް 15, 2024

      Raz Usman nidhaafa

  • Raheema Ibrahim އޯގަސްޓް 14, 2024

    Baraabaru

  • Aphoo Ap Oo އޯގަސްޓް 15, 2024

    vazeeru Ihsaan ge Tharika mudhaa viyaa hahahaha😂

  • Moosa Naasif އޯގަސްޓް 15, 2024

    Laarigandeh kaaleveyne gotheh hoadhee

  • Huxente Lim އޯގަސްޓް 15, 2024

    Faisaa faisaa faisaa e faisaa mi faisaa 🤣🤣🤣🤣🤣

  • Mohamed Samah Butt އޯގަސްޓް 15, 2024

    Furathama dhaulathah nagaaa male’ ge 2 kolhun emme us koh hadhaafa huri 2 imaaraaiy, eyah fahu ithuru ehcheh dhaulathah nagan vaaany 🙄

  • Abdul Waajidh އޯގަސްޓް 15, 2024

    🤑💰🤑💰😁

  • Ăhmeď Vildhaañ އޯގަސްޓް 15, 2024

    eyrah vaki halaalu vaaney?

  • ފަ އި ނާ އޯގަސްޓް 15, 2024

    Dr Mohamed Muizzu ehenveh dhw Gangu thakuge meehunnah bodethihen heevaa maqaamu dheefa eh thiby? nooney vaa raiyyithun felan nayngey meeheh😡

  • Maxy Tlr އޯގަސްޓް 15, 2024

    Emme furathama gaumuga thibi iss verinn ge mudhalaa faisaa dhaulatah nagann vee. E
    Meehunn anee gang tah beynun kohgenn ekahala mudhalaa faisaa hoadhuva munn

  • Naxim Ali އޯގަސްޓް 15, 2024

    Umara v hen forkuga tag elhigen nudhaathi gange meehun siyaasee magaamuga huriyaa rayithunan maa rangalhu vaane

  • Jimmy Logan އޯގަސްޓް 15, 2024

    Lilvento DE Ximbo kaley zamaan dhiyaee

    • Lilvento DE Ximbo އޯގަސްޓް 15, 2024

      Jimmy Logan dhera kameh

  • Mohamed Jamsheed އޯގަސްޓް 15, 2024

    ނަގަނީ، ކުރަނީ،ވަނީ،އަންނަނީ،އަޅަނީ،މީ މިހާރު ދުވަހުގެ ހަބަރު ތަކުގެ ސުރުހީތަށް ކަމުގައި ވެއްޖެ

  • Nimarey Sicario އޯގަސްޓް 15, 2024

    Tap tap guys gaumuga laari eh neh araa kohmme meeheh Huss kuramun kuramun gossa neh ekachehves rahkkaave thibiyyaaa dhathuru 😝

  • موسى نيمال محمد އޯގަސްޓް 15, 2024

    Gang thakah ehee vanee daulathugr isveriya adi eynage baiverin

  • Layaan Laezel އޯގަސްޓް 15, 2024

    Werin ge aii fai kandaafa eyah fahu rayyithuna dhimaalah aadhey
    Huriha nubai kamehge adeega thibi werin

  • Auf Jordan އޯގަސްޓް 15, 2024

    Dhaulathun dhaulath utha

  • Sobah De Camey އޯގަސްޓް 15, 2024

    Theege maanayakee vikaashy wiyafaari koiffa laari dhyn jehynee sharukaarah shy… Manfaa good halaalu vaaneyo aarun

  • ދިވެހި މީހާ އޯގަސްޓް 15, 2024

    ރަނަގޅު ގޭންގުރތައް އޮޕަރޭޓްވުން ނުހުއްޓުވާތި. ދެންހުރޮއްޔާ ހުރި ކަމެއް ކުރާނަމެ ކިޔަކިޔާ ތިބޭ.
    ފެން އަރާ ބާގަނޑހ ބެއްދާ ފިއްޔާ ގެއްލުންވާނެ އެއިން މަންފާވާމީހޖންނަށް

  • Mv.Maldives އޯގަސްޓް 18, 2024

    Muizu Islaamakah vaan vee Furathama Magu feyrun huhtaalaafa

Leave a Reply