ރާއްޖެ އައި ނެދަލޭންޑްސްގެ ރައްޔިތެއްގެ ލަގެޖުން ޑުރަގް އަތުލައިގެންފި އެވެ.
މޯލްޑިވްސް ކަސްޓަމްސް އިން އިއްޔެ ބުނީ، މި މަހުގެ 11 ވަނަ ދުވަހު އައި އެ މީހާގެ އަތުން ފެނުނީ ހަ ކިލޯގެ ކެތިނޯން ކަމަށެވެ. އެ ތަކެތީގެ މަގުމަތީ އަގު 9.1 މިލިއަން ރުފިޔާއަށް އަރާ ކަމަށްވެސް ބުންޏެވެ.
ކެތިނޯން ނުވަތަ މަގުމަތީ ނަމުން ނަމަ ބާތް ސޯލްޓަކީ ގަޑުބަޑު ކޮށްގެން ބޭނުންކުރާ ނުރައްކާތެރި ޑުރަގެކެވެ.
އެ ޑުރަގް ބޭނުންކުރާ މީހުންނަށް ކުރު މުއްދަތުގެ ނަފުސާނީ ކަންކަމާ ކުރިމަތިލާންޖެހެ އެވެ. އޭގެ ތެރޭގައި ޑިޕްރެޝަނާއި ޕެނިކް އެޓޭކު އައުމާއި ހޮލޮސިނޭޝަން އަދި އަމިއްލައަށް މަރުވާން ބޭނުން ފަދަ ކަންކަން ކުރިމަތިވެ އެވެ.
އޭގެ އިތުރު އެ ޑްރަގް ބޭނުން ކުރާ މީހުންގެ ނޭފަތުން ލޭއައުމާއި ބޯއެނބުރުމާއި ސްޓްރޯކް ނުވަތަ ފިޓު ޖެހުމާއި މަސްގަނޑުތަކުގެ ބާރު ދިއުމާއި ލޭގެ ޕްރެޝަރު އިތުރުވުމައި ބޮލުގައި ރިއްސުމާއި މޭގައި ރިއްސުމުގެ އިތުރުން ހާޓް އެޓޭކު ޖެހުން ފަދަ ކަންކަންވެސް ދިމާވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.




2 Comments
ގުޅުންހުރި
މަޖިލީހުގެ އާ ދައުރަށް ބަޖެޓު ފާސްކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަނީ
ދެ އިންތިހާބު އެކުގައި ބާއްވަން އެމްޑީޕީން މިހާރު ބޭނުންނުވަނީ އިންތިހާބަށް ކަޑަ
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށް ދެކެވޭ
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި