މާލޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި ފުރުވާލުމަށް މޯލްޑިވްސް އިމިގްރޭޝަނުން ކުރިއަށް ގެންދާ މަސައްކަތުގައި ދެ ތަނެއް ރެއިޑުކޮށް 22 ބިދޭސީން އަތުލައިގެންފި އެވެ.
އިމިގްރޭޝަނުން ބުނީ، އެ މީހުންގެ ތެރެއިން 14 މީހަކު އަތުލައިގަތީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާ ގުޅޭ ގޮތުން ’އިމިގްރޭޝަން ވޮޗް‘ އަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެ ހެނދުނު ހީނާމާގެ ޕާކިން ސަރަހައްދުގައި ހިންގި ރެއިޑެއްގައި ކަމަށެވެ.
އަދި އަނެއް އަށް މީހުން އަތުލައިގަތީ މާފަންނު ސަރަހައްދުގައި ބިދޭސީން ދިރިއުޅޭމުންދާ އެކޮމަޑޭޝަން ބްލޮކަކުން ކަމަށް ބުންޏެވެ. އެތަން ރެއިޑް ކުރީ އިމިގްރޭޝަނުން ބުނި ގޮތުގައި މާލޭ ސިޓީ ކައުންސިލުން ދިން މައުލޫމާތަކަށެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން، ފާއިތުވި ހަތް މަސް ތެރޭގައި 2،013 ބިދޭސީއަކު ޑީޕޯޓުކޮށްލާފައިވާ ކަމަށް އިމިގްރޭޝަނުން މީގެ ކުރިން ބުނެފައިވެ އެވެ.
އިމިގްރޭޝަނުން ވަނީ މީގެ ކުރިން ބިދޭސީން ހިންގާ ކުދި ރީޓެއިލް ފިހާރަ އަދި ޓޭކްއަވޭ ކޮފީ ޝޮޕްތަކުންނާއި މާލޭގައި ހިންގާ ހަށި ވިއްކާ ތަންތަނުން ވެސް ބިދޭސީން ވަނީ ހައްޔަރުކޮށް، ޑީޕޯޓް ކޮށްފަ އެވެ.




ގުޅުންހުރި
13 އަހަރުގެ ކުއްޖަކު ރަހީނުކޮށް މަރާލި މައްސަލަ: 17 އަހަރުގެ ކުއްޖާ
ރަސްމާލެ ހިއްކުން: ހަފުތާއެއް ތެރޭ ސައިޓް އޭގެ 18 ހެކްޓަރު ހިއްކައިފި
ވަޒީފާއެއް ނެތް ބިދޭސީން ހޯދަނީ
ބިދޭސީންނަށް ކުއްޔަށް ދީފައިވާ ފުލެޓުތައް ހުސްނުކޮށްފި ނަމަ، އެއްބަސްވުން އުވާލަނީ
ރޯވި ސަފާރީގައި ތިބި 17 ފަތުރުވެރިންނާއި އަށް ފަޅުވެރިން ސަލާމަތްކޮށްފި
ސަފާރީއެއްގައި ރޯވެ އަނދަނީ