ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މާލެ ސަރަހައްދުގެ ކަނޑާއި ފަޅުތައް ހިއްކައިގެން ދޫކޮށްފައި ހުރި ގޯތިތައް އަތުލަން ޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް މިއަދު ގޮވާލައްވައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބިނާވެށި ޕްލޭންގެ ބިލަށް ބަހުސް ކުރައްވަމުން އައްބާސް ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރުން ގޯތިތަށް ދީފައިވަނީ ”އަތުޖެހުނު ތާކުން“ ކަމަށެވެ. އެއީ ގާނޫނީ ހަމަތަކުގެ މަތިން ކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
”އަޅުގަނޑު ގާނޫނު ފޮތް ކިޔައިފިން އެއްކޮޅުން އަނެއް ކޮޅަށް. ފަޅުން ގޯތި ދޭ ވާހަކައެއް ނެތް. ކަނޑުން ގޯތި ދޭ ވާހަކައެއް ނެތް. ދެން ފަޅުން ދީފައި ހުރި ހުރިހާ ގޯތިތައް ނަންގަވަންވީ ނޫންތޯ ރައީސް، އަދިވެސް ވަގުތު އެބައޮތް،“ އައްބާސް ވިދާޅުވި އެވެ.
އެއީ ގާނޫނާހިލާފަށް ދިން ގޯތިތަކަށްވާއިރު އެ ގޯތިތައް ދޫކޮށްފައި ހުރީ ރަނގަޅަށް ކަމަށް ހަދައިގެން މި ސަރުކާރުން ވެސް ގޯތިތައް ދޭން އުޅެނީ ކީއްވެގެންތޯ އައްބާސް ސުވާލު ކުރެއްވި އެވެ. އެއީ ކޮންމެހެން ވެސް އަތުލަން ޖެހޭ ގޯތިތަކެއް ކަމަށް އައްބާސް ވިދާޅުވި އެވެ.
އައްބާސް އިތުރަށް ވިދާޅުވީކ. އަތޮޅުގެ ކޮންމެ ފަޅެއް ހިއްކިޔަސް މާލޭ މީހެއްނަމަ ހިލޭ ބިން ލިބެން ޖެހެނީ ކޮން އުސޫލަކުންތޯ ކަމަށެވެ.އެ އުސޫލު ނުހިނގާ ކަމަށާއި އެހެންކަމުން އެގޮތަށް ދީފައި ހުރި ހުރިހާ ބިމެއް ބާތިލް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މާލެ ސަރަހައްދުން ގޯތިތަކާއި ފަޅުތައް ހިއްކުމުގެ ކުރިން އެހެން ރަށްރަށަށް ބޭނުންވާ ވަސީލަތްތައް ފުރިހަމަ ކުރަން ޖެހޭނެ ކަމަށް އައްބާސް ވިދާޅުވި އެވެ. އެއާ ހިލާފަށް މާލޭ ސަރަހައްދުން ތަނެއް ހިއްކާނަމަ އެހެން ރަށްތައް ފަޅުވެ މާލެ އިތުރަށް ތޮއްޖެހޭނެ ކަމަށް ވިދާޅުވި އެވެ.

4 Comments
ގުޅުންހުރި
ނާޒިމްގެ އަނބިކަނބަލުން ސީއެސްސީއަށް އައްޔަންކުރަނި
އެމްޑީޕީގެ މަގުސަދަކީ މުއައްސަސާތަކައް އައްޔަން ކުރަން ފޮނުވާ މީހުންގެ އަބުރު ކަތިލުން:
ގެވެށި އަނިޔާގެ ތުހުމަތުވާތީ ތޯހާ އެޗްއާރްސީއެމްއަށް އައްޔަންކުރަން ފާހެއްނުވި
ކައުންސިލްތަކުގެ ބާރު ހަނިކުރުމަށް ގާސިމް ތާއިދު ކުރައްވައިފި
މަޖިލިސް މެންބަރެއް މެދުވެރިނުކޮށް ޕެޓިޝަން ހުށަހެޅޭނެ ގޮތް ހަދަނީ
ރައީސްއާ ބައްދަލުކުރެއްވީ ފޭކު ޕްރިންސެއް ނޫން: ހަލީލް