ބުޅާ މަސް އަޅައިގެން ކާ އެއްޗެހި ތައްޔާރުކުރި ކަމަށް ތުހުމަތު ކުރެވޭ ބިދޭސީ މީހާ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
އެ މައްސަލައިގައި ތުހުމަތު ކުރަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަރަފާތް ހޮސެއިން އަށެވެ. އޭނާ މިހާރު ރާއްޖޭގައި އުޅެމުންދަނީ ގަވާއިދާ ހިލާފަށް ކަމަށް މައުލޫމާތު ލިބެ އެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އޭނާ ހައްޔަރުކުރީ މިއަދު ހެނދުނު 10:32 ހާއިރު މާލެއިން ކަމަށެވެ.
މަގުމަތީގައި އުޅޭ ބުޅާތަކުގެ ހައްގުގައި މަސައްކަތް ކުރާ ވެލްފެއާ ފޮ އައިލެންޑް ކެޓްސް (ޑަބްލިޔުއައިސީ) އަދި ފެލައިން ވެލްފެއާ އޯގަނައިޒޭޝަނުން ގުޅިގެން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވާ ގޮތުން އެ ބިދޭސީ މީހާއަކީ މަގުމަތީގައި އުޅޭ ބުޅާތައް ހިފައިގެން ގޮސް، އެ އެއްޗެހި ކައްކައިގެން ކައި އުޅޭ މީހެކެވެ. އަދި އޭނާ ބުޅާމަސް ވެސް ވިއްކާ ކަމަށް ބުނެފައިވެ އެވެ.
އެހެން ބައެއް މަސްދަރުތަކުން އެނގިފައިވާ ގޮތުގައި ބާގާ އާއި ސަބްމެރިން ފަދަ ކާތަކެއްޗަށް ވެސް އޭނާ ބުޅާ މަސް އަޅައިގެން ވިއްކާފައިވެ އެވެ. އެފަދަ ކާ ތަކެއްޗަކީ އާންމުންގެ ގިނަ ބަޔަކު، ހާއްސަކޮށް ސްކޫލް ދަރިވަރުންގެ އިންޓަވަލްއަށް ގަންނަ ތަކެއްޗެވެ.




3 Comments
ގުޅުންހުރި
ވޯޓު ގަނެގެން އިންތިހާބުވާން ވިސްނާ ކެންޑިޑޭޓުންނަކީ އަމިއްލަ މަސްލަހަތަށް އުޅޭ ބައެއް:
އަންހެން ވޮލީ ޓީމުގެ ކޯޗު، ކުޅުންތެރިއަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ
ދިއްދޫ ބިން ހިއްކުން: 5 ދުވަސް ތެރޭ 21 ހެކްޓަރު ހިއްކައިފި
ޑްރަގު އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި އިކޮނޮމިކް މިނިސްޓްރީގެ އެސްޕީޑީއެއް!
ޝަމާހުގެ މައްސަލައެއް އޭސީސީން ބަލަނީ
ކަނޑުއޮތްގިރިން ބޮޑު ކަންނެލި ގަންނަން ފަށައިފި