ފަލަސްތީނު ރައްޔިތުންނަށް އެހީވުމަށްޓަކައި ރާއްޖެއިން ކުރިއަށް ގެންދިޔަ ހާއްސަ ޓެލެތޯން ’ފަލަސްތީނާއެކު ދިވެހިން‘ އަށް ލިބުނު ފައިސާ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ޕަލަސްޓައިން ރެފިއުޖީސް (އަންރުއާ)ގެ އެކައުންޓަށް ޖަމާކޮށްފި އެވެ.
ޕީއެސްއެމް އިން އިސްނަގައިގެން ރާއްޖޭގެ ބައެއް މީޑިއާތަކާ ގުޅިގެން ހުސްވި ޖޫން މަހުގެ 12 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އެ ޓެލެތޯނަށް 19 މިލިއަން ރުފިޔާ ލިބުނެވެ. އަދި އެ ފައިސާ ފަލަސްތީނުގެ ރައްޔިތުންނާ ހަވާލުކުރުމަށް ޖުލައި ތިންވަނަ ދުވަހު ފޮރިން މިނިސްޓްރީއާ ވަނީ ހަވާލުކޮށްފަ އެވެ.
އެ ފައިސާ އަދިވެސް އަންރުއާއަށް ފޮނުވާފައި ނުވާ ކަމަށް ބުނެ މީޑިއާއަކުން ހަބަރެއް ޖެހި ފަހުން، ފޮރިން މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވަނީ އެ ފައިސާ ޖަމާކޮށްފައިވާ ކަމަށް މީޑިއާތަކަށް ބުނެފަ އެވެ.
މި ނޫހަށް އެނގިފައިވާ ގޮތުގައި އެ ފައިސާ އަންރުއާ އަށް ފޮނުވީ އިއްޔެ ހެނދުނެވެ. އަދި ފައިސާ ފޮނުވީ މިނިސްޓްރީ އާއި މަރުކަޒީ ބޭންކު، އެމްއެމްއޭ މެދުވެރިކޮށް ސީދާ އަންރުއާގެ އެކައުންޓަށް ޑޮލަރުން ކަމަށްވެސް އެނގިފައިވެ އެވެ.




1 Comment
ގުޅުންހުރި
ފާހަގަ ޖަހަންވީ ރަނގަޅު ނަމުގައި، ރަނގަޅު ނަމަކީ އާދަމް އާޒިމް: ވާވާ
އެއާޕޯޓުން ފައިސާތަކެއް ފޭރުން: ދެ މަސް ފަހުން 8 ވަނަ މީހަކު
އެމްޑީޕީގެ މެމްބަރުން ހާލުގައި ޖައްސައި މަގުމަތިކޮށްފައި ދުވަހަކުވެސް ނުދާނަން: އާދަމް އާޒިމް
ސާފް ފުޓްސަލް މުބާރާތް: ފުރަތަމަ މެޗުގައި ރާއްޖެއަށް ބޮޑު މޮޅެއް
އަހަރުގެ ފުރަތަމަ ކްރޫޒްލައިނާ 479 ފަސިންޖަރުންނާއެކު ރާއްޖެއަށް
ވަގަށް އަނބު ބިން މީހަކު ހަތް މަހަށް ޖަލަށް