މާލެ ސަހައްދުގައި ދުއްވާ އެހެން ޒޯންތަކުގެ ރަޖިސްޓަރީ އޮންނަ އުޅަނދުތައް ވަގުތީ ގޮތުން ޕާކުކުރާނެ ބިމެއް ހުޅުމާލެ އިން ހަމަޖެއްސުމަށްޓަކައި ޓްރާންސްޕޯޓް މިނިސްޓްރީން އެޗްޑީސީ އާއެކު އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ހުޅުމާލެއިން ހަމަޖައްސާ ބިމަށް މާލެ ސަރަހައްދުގައި ރަޖިސްޓްރީ ނުކޮށް މަގުމަތީގައި ބާއްވާފައި އޮންނަ ވެހިކަލްތައްވެސް ގެންދަންޖެހޭނެ ކަމަށެވެ.
މިއީ އެ މިނިސްޓްރީން އިސްނަގައިގެން ހޯމް މިނިސްޓްރީއާއި އެޗްޑީސީ އަދި މާލޭ ސިޓީ ކައުންސިލާއި ފުލުހުން ގުޅިގެން މާލެ ސަރަހައްދުގެ މަގުތައް ތޮއްޖެހުން ކުޑަކުރުމުގެ ގޮތުން އަޅަން ނިންމާފައިވާ ފިޔަވަޅެއް ކަމަށްވެސް ބުންޏެވެ.
މިދިޔަ ހަފުތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވަނީ މާލެ ސަހައްދުގައި ދުއްވާ އެހެން ޒޯންތަކުގެ ރަޖިސްޓްރީ އޮންނަ އުޅަނދުތައް އެޗްޑީސީން ދައްކާ ބިމަކަށް އަމިއްލަ އަށް ގެންގޮސް ބާއްވައިގެން، ރަޖިސްޓަރީ ކުރަން ހަ މަސް ދުވަހުގެ މުއްދަތެއް ދޭން ނިންމާފައިވާ ކަމަށް ވިދާޅުވެފަ އެވެ.
އެ ބިމަށް އެފަދަ ވެހިކަލް ގެންދިއުމަށް 40 ދުވަހުގެ މުއްދަތެއް ލިބޭނެ އެވެ. އެއަށްފަހު މާލޭގައި ދުއްވާ އެހެން ޒޯންތަކުގެ ރަޖިސްޓަރީ އޮންނަ ވެހިކަލްތައް ޓޯ ކުރަން ފަށާނެ ކަމަށް ހޯމް މިނިސްޓްރީން ބުނެ އެވެ.




ގުޅުންހުރި
ފާހަގަ ޖަހަންވީ ރަނގަޅު ނަމުގައި، ރަނގަޅު ނަމަކީ އާދަމް އާޒިމް: ވާވާ
އެއާޕޯޓުން ފައިސާތަކެއް ފޭރުން: ދެ މަސް ފަހުން 8 ވަނަ މީހަކު
އެމްޑީޕީގެ މެމްބަރުން ހާލުގައި ޖައްސައި މަގުމަތިކޮށްފައި ދުވަހަކުވެސް ނުދާނަން: އާދަމް އާޒިމް
ސާފް ފުޓްސަލް މުބާރާތް: ފުރަތަމަ މެޗުގައި ރާއްޖެއަށް ބޮޑު މޮޅެއް
އަހަރުގެ ފުރަތަމަ ކްރޫޒްލައިނާ 479 ފަސިންޖަރުންނާއެކު ރާއްޖެއަށް
ވަގަށް އަނބު ބިން މީހަކު ހަތް މަހަށް ޖަލަށް