ރާއްޖޭގައި އިލެކްޓްރިކް ވާޓިކަލް ޓޭކް އޮފް އެންޑް ލޭންޑިން (އީވީޓޯލް) ނުވަތަ އުދުހޭ ކާރާއި ހެލިކޮޕްޓަރުގެ ހިދުމަތްދިނުމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރުއޭސީއެލް) އިން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.
ރާއްޖޭގައި ހެލިކޮޕްޓަރު އުދުއްސުމުގެ ހުއްދަ އަލުން ދޭން ކެބިނެޓުން ނިންމީ މިދިޔަ ޖެނުއަރީ މަހު އެވެ. ރާއްޖޭގައި އެމެޖެންސީ އިވެލުއޭޝަނާއި ފަތުރުވެރިން އުފުލުމަށް ހެލިކޮޕްޓަރުގެ ހިދުމަތް ދޭން ބޭނުންވާ ކުންފުނިތަކުން އެކަމަށް ޝައުގުވެރިކަން ހުޅުވާލީ މި މަހުގެ ހަވަނަ ދުވަހު އެވެ. އެ މުއްދަތު މިދިޔަ އާދީއްތަ ދުވަހަށް ވަނީ ހަމަވެފަ އެވެ.
އެކަމަށް އާރުއޭސީއެލް އިން ޝައުގުވެރިކަން ފާޅުކުރީ ދުބާއީގައި އެންމެ ފުޅާ ދާއިރާއެއްގައި ހެލިކޮޕްޓަރުގެ ހިދުމަތް ފޯރުކޮށްދޭ އެއް ކުންފުނި އެއާ ޝަޓޯ ޑީޑަބްލިޔުސީ އާއި ވިންގް ކެޕިޓަލް މެނޭޖްމަންޓާއެކު ގުޅިގެންނެވެ.
އާބަން އެއާ މޮބިލިޓީ ނިއުސް (ޔޫއޭއެމް) އިން ރިޕޯޓްކޮށްފައިވާ ގޮތުން ”ޕްރޮޖެކްޓް އެލެވޭޓު މޯލްޑިވްސް“ ގެ ނަމުގައި ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމަށް އާރުއޭސީއެލް އިން އެއާ ޝަޓޯ ޑީޑަބްލިޔުސީ އާއި ވިންގް ކެޕިޓަލް އާއެކު ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕެއް ގާއިމުކުރާނެ އެވެ.
އެ ޕާޓްނާޝިޕުގެ ދަށުން ރާއްޖޭގެ 1،200 ރަށް ގުޅުވާލުމަށް 100 ވާޓިޕޯޓުތަކާއި 500 ޑްރޯންޕޯޓުތައް ތަރައްގީކުރަން ވަނީ ނިންމައިފަ އެވެ. އެ ޕޯޓުތަކުގައި ވެއިޓިން ހޯލްތަކާއި ޗާޖު ކުރާނެ ތަންތަން ތަރައްގީވެސް ކުރާނެ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވާ ގޮތުން ހެލިކޮޕްޓަރުގެ ހިދުމަތަށް ޝައުގުވެރިކަން ފާޅުކުރާ ކުންފުނިތަކުގެ ތެރެއިން ކާމިޔާބުކުރާ ކުންފުންޏަކަށް ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމުގެ އެކްސްކުލޫސިޓިވީ 10 އަހަރަށް ލިބިގެންދާނެ އެވެ.
ނަމަވެސް ޔޫއޭއެމްގައި ބުނެފައިވާ ގޮތުން އެ ޕާޓްނާޝިޕްގެ ދަށުން ހެލިކޮޕްޓަރު އޮޕަރޭޓު ކުރުމުގެ ފުރުސަތު އެ ޖޮއިންޓުވެންޗާ އަށް ލިބިއްޖެ ނަމަ ރާއްޖޭގައި ހެލިކޮޕްޓަރު އޮޕަރޭޓު ކުރުމުގެ ހުއްދަ 20 އަހަރަށް އެ ކުންފުންޏަށް ލިބޭނެ އެވެ. އަދި ރާއްޖެއަށް އިތުރު ފޮރިން އިންވެސްޓްމަންޓް ގެނައުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް ބުނެފައިވެ އެވެ.

1 Comment
ގުޅުންހުރި
ހުޅުމާލެ ކެފޭއެއްގެ ތެރޭގައި މާރާމަރީ ހިންގައިފި
ޓެރމޫގެ ނަމުގައި އޮންލައިން ސްކޭމްތައް ހިންގުން އިތުރުވެއްޖެ
ސޭފް ހޯމް އަޅަން 31.5 މިލިއަން ރުފިޔާ ހުޅުމާލެއިން ބިމެއް ގަނެފި
އުނގެނޭ އިލްމުން ﷲ ގެ ރުހިވޮނޑީގަތުން ހޯދަން މަސައްކަތްކުރަންޖެހޭ: ހުތުބާ
ފުލުހުންގެ އަހަރީ ދުވަހާ ގުޅިގެން މޭވާ ގަސް އިންދަނީ، މާމިގިލީގައި އިންދީ
ގާސިމުގެ ހިލޭ އެހީގައި މާމިގިލީގައި ފުލުހުންގެ މަރުކަޒެއް އިމާރާތްކުރަނީ