ސަރުކާރުން ކުންފުނިތަކަށް ދޭންހުރި ފައިސާގެ ބަދަލުގައި ބިމެއް ކުއްޔަށް ނެގުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ދެވޭނެ އިންތިޒާމު ހަމަޖެއްސެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ރައީސް އޮފީހުން ބުނީ، ރައީސް އެގޮތަށް ނިންމެވީ ސަރުކާރުން ކުންފުނިތަކަށް ދޭން ހުރި ފައިސާގެ ތަފުސީލާއި އެ ފައިސާ ދޭންހުރި ބޮޑެތި ވެންޑަރުންނަށް ދެވިދާނެ ހައްލުތަކާ ގުޅޭ ގޮތުން އިއްޔެ ބޭއްވެވި ކެބިނެޓް ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ހުށަހެޅުއްވި ކަރުދާހަށް ކެބިނެޓުގައި މަޝްވަރާ ކުރެއްވުމަށްފަހު ކަމަށެވެ.
ރައީސް ނިންމެވި ކަންކަން:
- ކޮންމެ މަހަކު ވެންޑަރުންނަށް ދެއްކުމަށް ކަނޑައެޅޭ ފައިސާގެ އަދަދަށް ބަލައި، އެންމެ ގިނަ ދުވަސްވީ ބިލުތަކުގެ ތަރުތީބުން، ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ފައިސާ ދެއްކަމުން ދިއުން
- ކަނޑައެޅޭ ވަކި މިންވަރަކަށްވުރެ ދަށުގެ ބިލުތަކަށް ފައިސާ ދައްކާނެ އަދަދެއް ކަނޑައަޅައި ދެބައި ވަކިން ބެލެހެއްޓުން
- ނުދެއްކި ހުރި ފައިސާގެ ބަދަލުގައި ވެންޑަރުންނަށް އިތުރު އާމްދަނީއެއް ލިބޭނެ ފަދަ ޓީ ބޮންޑަކަށް އެ ފައިސާ ބަދަލުކުރުމުގެ ފުރުސަތު ދިނުން
- ބިމެއް ކުއްޔަށް ނެގުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ދިނުން
- މީރާއަށް ޓެކުހުގެ ގޮތުގައި ދައްކަންޖެހޭ ފައިސާ، އިން އޮފްސެޓް ކުރުން
ރައީސް އޮފީހުން ބުނީ، އެކިއެކި ފަރާތްތަކުން ދައުލަތަށް ދަންކަންޖެހޭ ފައިސާ ހޯދުމަށް ކަމާބެހޭ ފަރާތްތައް ހިމެނޭ ގޮތަށް ޓާސްކްފޯހެއް އެކުލަވާލައި އެ ފައިސާ ހޯދުމުގެ މަސައްކަތް ހާއްސަ އިސްކަމެއް ދީގެން ކުރެއްވުމަށާއި ފިނޭންސް މިނިސްޓްރީން ހުށަހެޅުއްވި ލޯން އޮޕްޝަންތަކުގެ އިތުރަށްވެސް ކުރު މުއްދަތެއްގެ ތެރޭގައި ލޯނު ލިބޭނެ އިތުރު ފުރުސަތުތައް ބައްލަވައި އެކަމަށް މަސައްކަތް ކުރެއްވުމަށްވެސް ރައީސް ނިންމެވި ކަމަށެވެ.
1 Comment
ގުޅުންހުރި
ނަތަންޔާހޫ ހައްޔަރުކުރަން އައިސީސީން ކުރި އަމުރަށް ރައީސް މަރުހަބާ ވިދާޅުވެއްޖެ
ރާއްޖެ އާއި އިންޑިއާގެ ދެމެދު ރުޕީސް އާއި ރުފިޔާ އިން މުއާމަލާތް
އެސްޓީއޯ އިން ބިނާކުރި އެލައިޑް، މާކެޓުގައި މިއަދު އެންމެ ބޮޑު ހިއްސާ
ލޯބިވާ މީހުން ދޫކޮށް މަރުވެ ދާންޖެހޭނަކަމީ ދުންޔަވީ ހަގީގަތެވެ. އެކަމަކު އާހިރަތް
މެންބަރުކަން ގެއްލުވާލުމުގެ ބާރު ސިޔާސީ ޕާޓީއަށް ދިނުމުން ރައްޔިތުންގެ ބާރު ގެއްލޭ:
ސްޓެލްކޯގެ ފުރިހަމަ މަސައްކަތެއް؛ އިސްލާމީ މަރުކަޒުގެ މަސްފެންގަނޑު މަރާމާތުކޮށް ރީތިކޮށްލައިފި