އިއްޔެ ގެންނަން އުޅުނީ ސީދާ ބަގާވާތެއް ކަމަށާއި އެއީ މާ ކުރީއްސުރެއް ރޭވިގެން ކުރި ކަމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޕީއެންސީގެ ހަރުގެ ޖަލްސާގައި މިރޭ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ބީއެމްއެލްގެ ތެރެއިން އިއްޔެ ހިނގި ކަންތަކާއި އެ ވަގުތު ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ނޫސް ކޮންފަރެންސް ދިނުމާއި އަދި މަގުމައްޗަށް މީހުން ނެރެން ސޯޝަލް މީޑިއާގައި ހިންގި ހަރަކާތްތަކަކީ ފުލުހުން ބަލާ މިންގަނޑުތަކުން ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރަކާ ދެކޮޅަށް ހިންގި އަމަލުތަކަކަށްވާތީ ފުލުހުން އެ މައްސަލަ ބަލަން ފަށާފައިވާ ކަމަށެވެ.
”މިއީ ރޭވިގެން ހިނގި ކަމެއް، އެ ކުރި ގޮތެއް ބަލަން ފުލުހުން އެ އޮތީ ފަށާފައި. ފުލުހުން ކުރާނީ ޕްރޮފެޝަނަލް މަސައްކަތް. މި ސަރުކާރުން ފުލުހުން އިދާރާއަށް އަދި ސިފައިންނަށް ސިޔާސީ ނުފޫޒެއް ނުފޯރުވާނެ. އެއީ އަޅުގަނޑު ކުރާނެ ކަމެއް ނޫން. އެ ބޭފުޅުން ކުރާ ޕްރޮފެޝަނަލް މަސައްކަތުން ފެންނަ ކަމެއް ފެނުނީމާ އެ ދާނީ ރައްޔިތުންނާ ހިއްސާކުރަމުން. މި ކުރި ކަންތައް، ސަލާމަތް ބުއްދި ހުރި ކޮންމެ މީހަކު ވިސްނާލީމާ، މި ދެންނެވި ހުރިހާ ޑޮޓްތަކެއް ގުޅިގެންދާކަން އެނގޭނެ. މި ކުރި ކަންތައް މިއީ އެޓެމްޓެޑް ކޫ އަކަށް،“ ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ފުލުހުންގެ ތަހުގީގުން އެ ފާހަގަވާ ކަމެއް ތަންފީޒުކުރުމުގައި، ކުށްވެރިވަނީ ކޮންމެ މީހަކު ކަމުގައިވިޔަސް ޝަރީއަތަށް ފޮނުވައިގެން އެ މީހަކަށް އެކަން ސާބިތުވެއްޖެއްޔާ ހުކުމް ތަންފީޒުކުރަން ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.
”އެހެންވީމާ ބެލީމަ އެނގޭނީ. އަޅުގަނޑަށް އެނގޭ ކަމަކީ އަޅުގަނޑު ކުރީ މަސައްކަތް. އިއްޔެ އެ ނެރޭކަން އެނގުނު ހިސާބުން ޕާސަނަލީ އަޅުގަނޑު ދިޔައީ ވަރަށް ގިނަ މަސައްކަތް ކުރަމުން، އަދި ކަމާބެހޭ ވަޒީރުންވެސް. އެހެން ނަމަވެސް އަޅުގަނޑު ދަންނަވަމުންދިޔަ އެއްވެސް ވާހަކައެއް ވެސް އަޑުނާހައި، އިއްޔެ ނިންމުން ނެރުނީ. ދެން އަނެއްކާވެސް އަޅުގަނޑު މަސައްކަތްކޮށް، ވަރަށް ގިނަ ބޭފުޅުން އެހީތެރިކަން ދިން،“ ރައީސް ވިދާޅުވި އެވެ.
![](https://haftha.mv/wp-content/uploads/2024/04/Scam-call-ad-MMA.jpg)
![](https://haftha.mv/wp-content/uploads/2024/04/Scam-call-ad-MMA.jpg)
3 Comments
ގުޅުންހުރި
ޗައިނާގެ ފޮރިން މިނިސްޓަރު ވާންގް ޔީ ރާއްޖެ ވަޑައިގެންފި
ރިޔާސީ ބަޔާން އިއްވުން އަންނަ މަހު 6ގައި
އަމާޒަކީ މިފްކޯގެ ކޮރަޕްޝަން މުލުން ލުހެލުން: ރައީސް
ރޯދައިގެ ކުރިން ފުލެޓް ލިސްޓު އާންމުކުރެވޭނެ ކަމުގެ ވަރަށް ބޮޑަށް ގަބޫލުކުރެވޭ:
ރަށްރަށަށް ވަޑައިގަތުމުގެ ބޭނުމަކީ މިއަހަރު ކޮށްދޭނެ ކަންކަމުގެ ވާހަކަ ކިޔައިދިނުން: ރައީސް
ހުރިހާ ރަށަކަށް ބޭނުންވާ ބޮޑުހިލަ ގެންނާނެ؛ މަޝްރޫއުތައް ކުރިއަށް ދާނެ: ރައީސް