އަލް އަގުސާ މިސްކިތް ހުރި ތަނުގައި ޔަހޫދީންގެ ފައްޅި އަޅާނެ ކަމަށް އިޒްރޭލުގެ ނޭޝަނަލް ސެކިއުރެޓީ މިނިސްޓަރު ބެން ގްވީރް ބުނުމުން ރާއްޖެ އިން އެކަން ކުށްވެރިކޮށްފި އެވެ.
އެކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ އަގުސާ މިސްކިތަކީ ދުނިޔޭގެ 1.8 ބިލިއަނަށްވުރެ ގިނަ މުސްލިމުންނަށް ރޫހާނީ ގޮތުންނާއި ތާރީހީ ގޮތުން އިންތިހާއަށް މުހިންމު މިސްކިތެެއް ކަމަށެވެ. އަދި އެ މިސްކިތަކީ ހަމައެކަނި ދީނީ އަޅުކަންކުރާ ތަނެއް ނޫން ކަމަށާއި އެއީ އިސްލާމީ މުހިންމު ތަރިކައެއްގެ ރަމްޒެއް ކަމަށްވެސް ބުންޏެވެ.
ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވަނީ ބައިނަލްއަގްވާމީ ގާނޫނާއި އދ.ގެ ގަރާރުތަކާ އެއްގޮތަށް އަގްސާ މިސްކިތުގެ ތާރީހީ އަދި ގާނޫނީ ހާލަތަށް އިހުތިރާމް ކުރުމަށް އިޒްރޭލަށް ގޮވާލައިފަ އެވެ.
އަދި ގުދުސްއާއި އެތަނާއި ގުޅިފައިވާ އެހެން މާތް ތަންތަނުގެ ގާނޫނީ ދަރަޖަ ބަދަލުވެދާނެ އެއްވެސް ފިޔަވަޅެއް އެޅުން ހުއްޓުވުމަށް މަސައްކަތް ކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ވެސް މިނިސްޓްރީން ގޮވާލި އެވެ.
ފޮރިން މިނިސްޓްރީން އިތުރަށް ބުނީ، އިޒްރޭލު ސަރުކާރުގެ މިނިސްޓަރުން ދައްކާ އެފަދަ ވާހަކަތަކުގެ ސަބަބުން ހަނގުރާމަ މެދުކަނޑާލުމަށް ކުރަމުންދާ މަސައްކަތަށް ހުރަސް އެޅިގެންދާނެ ކަމަށެވެ.




ގުޅުންހުރި
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށް ދެކެވޭ
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭ ގޮތަށް