ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު ބައި ކިލޯއަށްވުރެ ގިނަ ޑުރަގް މޯލްޑިވްސް ކަސްޓަމްސް އިން އަތުލައިގެންފި އެވެ.
ކަސްޓަމްސް އިން ބުނީ، އެ ތަކެތި އަތުލައިގަތީ މި މަހުގެ 20 ވަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ހަތަރު ޕެކޭޖެއްގެ ތެރޭގައި ފޮރުވާފައި ހުއްޓާ ކަމަށެވެ.
އަދި އެ ޕެކޭޖުތަކުގެ ތެރެއިން ފެނުނީ ޑުރަގުގެ ބާވަތެއް ކަމަށްވާ ސިންތެޓިކް ކެތިނޯން ކަމަށާއި އެ ތަކެތީގެ ބަރުދަނުގައި ޕެކިން އާއެކު ޖުމުލަ 666 ގުރާމް ހުރި ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
ކަސްޓަމްސް އިން ބުނީ، އެ ތަކެތީގެ މަގުމަތީ އަގު އެއް މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ކަސްޓަމްސް އިން ވަނީ މި މަހުގެ ތެރޭގައި ރާއްޖެ އައި ނެދަލޭންޑްސްގެ ރައްޔިތެއްގެ ލަގެޖުން ހަ ކިލޯގެ ކެތިނޯން އަތުލައިގެންފަ އެވެ. އެ ތަކެތީގެ މަގުމަތީ އަގު 9.1 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސް އިން އޭރު ބުންޏެވެ.
ކެތިނޯން ނުވަތަ މަގުމަތީ ނަމުން ނަމަ ބާތް ސޯލްޓަކީ ގަޑުބަޑު ކޮށްގެން ބޭނުންކުރާ ނުރައްކާތެރި ޑުރަގެކެވެ.
އެ ޑުރަގް ބޭނުންކުރާ މީހުންނަށް ކުރު މުއްދަތުގެ ނަފުސާނީ ކަންކަމާ ކުރިމަތިލާންޖެހެ އެވެ. އޭގެ ތެރޭގައި ޑިޕްރެޝަނާއި ޕެނިކް އެޓޭކު އައުމާއި ހޮލޮސިނޭޝަން އަދި އަމިއްލައަށް މަރުވާން ބޭނުން ފަދަ ކަންކަން ކުރިމަތިވެ އެވެ.
އޭގެ އިތުރު އެ ޑްރަގް ބޭނުން ކުރާ މީހުންގެ ނޭފަތުން ލޭއައުމާއި ބޯއެނބުރުމާއި ސްޓްރޯކް ނުވަތަ ފިޓު ޖެހުމާއި މަސްގަނޑުތަކުގެ ބާރު ދިއުމާއި ލޭގެ ޕްރެޝަރު އިތުރުވުމައި ބޮލުގައި ރިއްސުމާއި މޭގައި ރިއްސުމުގެ އިތުރުން ހާޓް އެޓޭކު ޖެހުން ފަދަ ކަންކަންވެސް ދިމާވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.




ގުޅުންހުރި
ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކުރި 1.8 މިލިއަން ސިނގިރޭޓު ނައްތާލައިފި
ރާއްޖެއަށް ޑްރަގް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭ ބިލު ތަސްދީގު
އޮޕަރޭޝަން އަލިމަގު: އައްޑޫން ހައްޔަރުކުރި މީހުންގެ އަދަދު 10 އަށް
މަރުވެފައި އޮއްވައި ފެނުނު ބިދޭސީ މީހާގެ ހަށިގަނޑު ފަޅާލައި 78 ބުލެޓުގެ
އައްޑޫ ޑްރަގު ނެޓްވޯކުން ހައްޔަރުކުރި ބޮޑުންގެ ވަނަވަރު ހާމަކޮށްފި، ނަދީމް ހިމެނޭ
އޮޕަރޭޝަން އަލިމަގު: ގިނަ މީހުން ދޫކޮށްލައިފި، ޝަރީއަތް ނިމެންދެން ބަންދުކުރީ އެންމެ