މާލެ ކައިރީގައި އޮންނަ ފަސްގަނޑަށް އިއްޔެ ދަތުރު ގޮސް އުޅުނު މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ގެއްލިގެން ހޯދަމުންދަނީ މ. އަސަރީހަނދާން، ތަސްލީމް މުހައްމަދު (43އ.) ކަމަށެވެ.
ފުލުހުން ބުނީ، ތަސްލީމް ދަތުރު ދިޔައީ ކ. ހުވަފެންފުށި ދެކުނުން ހިއްކާފައި އޮންނަ ފަސްގަނޑަކަށް އިއްޔެ ކަމަށާއި އޭނާ އެންމެ ފަހުން ފެނިފައިވަނީ އިއްޔެ ހެނދުނު 10 އާއި 11 ހާއިރު ކަމަށް އޭނާ އާއެކު ދަތުރުދިޔަ މީހުން މައުލޫމާތު ދީފައިވާ ކަމަށެވެ.
އެހެންވެ އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ އަދި އޮގަސްޓް 29 އަދި 30 ވަނަ ދުވަހު އެ ފަސްގަނޑަށް އެއްވެސް ބަޔަކު ދަތުރުގޮސްފައިވާ ނަމަ އެކަން ހިންމަފުށި ޕޮލިސް ސްޓޭޝަން ނަންބަރު 9794639 އަށް ގުޅައި ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.




ގުޅުންހުރި
އިންސާނީ ކަރާމާތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ މަސައްކަތުގައި ރާއްޖެ ދެމިއޮންނާނެ: ރައީސް
ތައުބާވުމަކީ ތަގުވާވެރިކަމުގެ މަތީގައި ދެމިހުރުމަށް މަގުފަހިވާނެ ކަމެއް: ހުތުބާ
ރޯދަ މަހު ދުވާލު މަގުމަތީގައި ޗުއިންގަމެއް ކެއި މީހަކު ހައްޔަރުކޮށްފި
ކައުންސިލު އިންތިހާބަށް ޕީއެންސީގެ ޑޯޓުޑޯ ހަރަކާތުގައި ރައީސް ބައިވެރިވެވަޑައިގެންފި
ހިޔާ އާއި ވެށިފަހި ކެޓަގަރީއަށް ހުށަހެޅުމުގައި ލުޔެއް
ފުލުހުންގެ އިދާރާ ހިންގެވުން ފަރުހާދަށް