ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ޕަބްލިކް ކުންފުންޏަކަށް ބަދަލުކޮށް، އާއްމުންނަށް ހިއްސާ ވިއްކަން ސަރުކާރުން ނިންމައިފި އެވެ.
މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ނިންމި ކަންކަން ހާމަކުރުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން ވަޒީރު ޑރ. އަލީ ހައިދަރު ވިދާޅުވީ އެޗްޑީސީން އާއްމުންނަށް ހިއްސާ ވިއްކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިސްނަވާފައިވާ ކަމަށެވެ.
ނަމަވެސް އެކަން އަދި ކެބިނެޓުން ނިންމާފައި ނުވާ ކަމަށާއި އެކަމުގެ ދިރާސާތައް ކުރުމަށްފަހު ހިއްސާ ވިއްކާނެ ތާރީހެއް އިއުލާން ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
އެޗްޑީސީ އާއި އެފްޑީސީ އެއްކޮށްލުމާ ގުޅޭ ތަފުސީލުދެއްވަމުން ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވީ އެފްޑީސީއަކީ ހުޅުމާލެ ފޭސް 2 ގައި 4،000 ފްލެޓް އިމާރާތް ކުރުމުގެ ބޮޑު މަޝްްރޫއެއް ކުރިއަށްގެންދާ ކުންފުންޏެއް ކަމަށާއި ސަރުކާރުން މިހާރު ނިންމާފައި އޮތީ މުޅި ރާއްޖޭގައި ހިންގާ އަސާސީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް އެފްޑީސީގެ ދަށުން ހިންގަން ކަމަށެވެ.
”އެކަމަކު އެކަން ކުރާނީ އެޗްޑީސީގެ ސަބްސިޑިއަރީއެއް ގޮތަށް. އެޗްޑީސީއަކީ މާސްޓާ ޑިވަލޮޕާއެއް ގޮތަށް މި ވަގުތު މި މަސައްކަތް ކުރަނީ ހުޅުމާލެ އާއި ގުޅިފަޅާއި ގިރާވަރުފަޅުގެ މަސައްކަތް އަދި ފުށިދިއްގަރުގެ ވެސް މާސްޓާ ޑިވަލޮޕާއެއް ގޮތަށް މި ވަގުތު އެސައިން ކޮށްފައި މި އޮތީ އެޗްޑީސީ. އެޗްޑީސީން މީގެ ފަހަކުން އެފްޑީސީ ސަބްސިޑިއަރީއަކަށް ވުމަށްފަހު ސޯޝަލް ހައުސިންގެ މަސައްކަތުގައި މަސައްކަތްކުރާނީ އެފްޑީސީ. އެހެން ނަމަވެސް އެޗްޑީސީގެ ސަބްސިޑިއަރީއެއް ގޮތަށް އޮވެގެން،“ މިނިސްޓަރު ވިދާޅުވި އެވެ.
ހައިދަރު ވިދާޅުވީ އެޗްޑީސީ ވެގެންދާނީ ސަރުކާރުން ކުރިއަށްގެންދާ އާބަން ސެންޓަރުތަކުގެ ވެސް މާސްޓާ ޑިވަޕޮލާއަކަށް ކަމަށާއި މުޅި ރާއްޖޭގައި އަސާސީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މަޝްރޫއުތައް ހިންގަމުންދާނެ އެންމެ އިސް ކުންފުންޏަކަށް ވާނީ އެފްޑީސީ ކަމަށެވެ.




ގުޅުންހުރި
ދިއްދޫ ބިން ހިއްކުން: 5 ދުވަސް ތެރޭ 21 ހެކްޓަރު ހިއްކައިފި
ޑްރަގު އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި އިކޮނޮމިކް މިނިސްޓްރީގެ އެސްޕީޑީއެއް!
ޝަމާހުގެ މައްސަލައެއް އޭސީސީން ބަލަނީ
ކަނޑުއޮތްގިރިން ބޮޑު ކަންނެލި ގަންނަން ފަށައިފި
ރައްޔިތުން ނުކުތީ ދިރިއުޅުމުގެ އަގު އިންތިހާއަށް ދިއުމުން، ތިބެންވާނީ އެ މީހުންނާއެކު:
މަގާމަށް އައްޔަން ކުރިތާ 4 މަސް، ސްޓެލްކޯގެ އެމްޑީ ޝަމާހު ވަކިކޮށްފި