އިންޓަރނޭޝަނަލް އެޓޮމިކް އެނަރޖީ އޭޖެންސީ (އައި.އޭ.އީ.އޭ) ގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ މި މަޝްރޫޢު އިތުރަށް ކުރިއަށް ގެންދާނެ ގޮތަކާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން އިއްޔެ ވަޒީރުންގެ މަޖިލީހަށް ހުށަހެޅުއްވި ކަރުދާހަށް މަޝްވަރާކުރެއްވުމަށް ފަހުގައެވެ. އަދި މިކަރުދާހަށް މަޝްވަރާކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާވަނީ މިކަމަކީ ޤާނޫނުއަސާސީގެ 93 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަންޖެހޭ ކަމަކަށްވާތީ، އެ މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި ހުށަހެޅުއްވުމަށް ނިންމަވައިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުމާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިއްޔެ ނޫސްވެރިންގެ ބައްދަލުކުރެއްވުމެއް ކުރިއަށް ދިޔައެވެ. އަދި މި ބައްދަލުކުރެއްވުމުގައި ކަމާ ގުޅޭ ވަޒީރުންވަނީ މި ނިންމެވުމުގެ ތަފްޞީލީ މަޢުލޫމާތު ޙިއްޞާކުރައްވައި، ނޫސްވެރިންގެ ސުވާލުތަކަށްވެސް ޖަވާބުދެއްވާފައެވެ.
ގުޅުންހުރި
ލަތީފުގެ އިންޒާރެއް ވަޒީރުންނަށް: ރައީސްއާ މާ ގާތްވެގެން މަގާމުގައި ތިބެވޭނެ ކަމަށް
ދާންދޫ ދާއިރާގެ ޕީއެންސީ މެންބަރު ފަޒީލް ވޯޓު ދިނީ ހައިދަރަށް ރުހުން
ހައިދަރާ ދެކޮޅަށް ހަ ވޯޓް، އަނެއް ތިން މިނިސްޓަރުންނަށް އިއްތިފާގުން ރުހުންދީފި
ޒަމީރު، ހައިދަރު، މުއްތަލިބު އަދި މާރިޔާއަށް ކޮމިޓީން ރުހުން ދީފި
މާރިޔާ ހަޔާ އެޑިއުކޭޝަނުން ވަކިކޮށް އެގްރިކަލްޗާއަށް
ހައުސިން މިނިސްޓްރީ އުވާލައި ހައިދަރު، ހަޔާ އެޑިއުކޭޝަނަށް ބަދަލުކޮށްފި