މާލެ ކައިރީގައި އޮންނަ ފަސްގަނޑަށް ދަތުރު ގޮސް އުޅެނިކޮށް ވީނުވީއެއް ނޭނގި ގެއްލިފައިވާ މ. އަސަރީހަނދާން، ތަސްލީމް މުހައްމަދުގެ މައްސަލައިގައި ޝައްކުކުރެވޭ ކަންތައްތަކެއް އެބަހުރި ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ކ. ހުވަފެންފުށި ދެކުނުން ހިއްކާފައި އޮންނަ ފަސްގަނޑަކަށް ރައްޓެހިންނާއި އެ މީހުންގެ އާއިލާގެ ބަޔަކާ އެކުގައި ތަސްލީމް ދަތުރު ދިޔައީ މިދިޔަ ހުކުރު ދުވަހުގެ ހެނދުނު އެވެ. އޭނާ އެންމެ ފަހުން ފެނިފައިވަނީ އެ ދުވަހުގެ ހެނދުނު 10 އާއި 11 ހާއިރު ކަމަށް އޭނާ އާއެކު ދަތުރުދިޔަ މީހުން މައުލޫމާތު ދެ އެވެ.
އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި ސިފައިންވެސް ކުރަމުން އަންނައިރު، އަދިވެސް އޭނާ ފެނިފައެއް ނުވެ އެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ތަސްލީމް ގެއްލުނު މައްސަލައިގައި ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމުން ޖިނާއީ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އޭނާ ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުން އަންނަ ކަމަށްވެސް ބުންޏެވެ.
ތަސްލީމުގެ ދައްތަ ސާނިއާ މުހައްމަދު ބުނެފައިވާ ގޮތުން ދަބަހާއި ފޯނު ދަތުރުދިޔަ މީހެއްގެ އަތަށް ދިނުމަށް ފަހު ”އެބަ އަންނަން“ ކަމަށް ބުނެފައި ތަސްލީމް ދިޔައީ އެ ފިނޮޅުގައި ދަތުރު ގޮސް އުޅުނު ސަރަހައްދާ ތަންކޮޅެއް ދުރަށެވެ. އެ ފަހުން އޭނާ އެނބުރި އައިސްފައެއް ނުވެ އެވެ. އެއްގަމުން ވެސް އަދި މޫދަށް އެރި އުޅެނިކޮށްވެސް ފެނިފައެއް ނުވެ އެވެ.

ގުޅުންހުރި
ރުކުމާ އަނެއްކާވެސް އެހެން ކުންފުންޏަކަށް، މިފަހަރު ފެނަކައިން މޯލްޑިވް ގޭހަށް
ރަސްމާލޭގައި ފްލެޓް އެޅުމުގެ ފުރުސަތު ސިންގަޕޫރުގެ އިންވެސްޓަރުންނަށް ހުޅުވާލައިފި
މަޖީދީ މަގާއި ބޮޑުތަކުރުފާނު މަގުގައި ޕާކުކޮށްގެން 380 ސައިކަލާއި 40 ކާރު
ތެޔޮ އުފުލާ ދެ ދޯންޏެއްގައި ރޯވެ ދެ މީހަކު ފިހިއްޖެ
680 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓް ޔަގީންވެއްޖެ: ސައީދު
ފުރަތަމަ އެސްއީޒެޑް މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފި