ދިވެހި ގައުމިއްޔަތަށް ހިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު، ފަޟީލަތުއްޝައިހް އަލްމަރުހޫމް ހުސެއިން ސަލާހުއްދީންގެ ހަނދާނަށް އެރުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފި އެވެ.
ދިވެހި ގައުމިއްޔަތަށް ހިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފަކީ ދިވެހި ގައުމިއްޔަތަށް ފާހަގަކޮށްލެވޭ ފަދަ ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅުންނަށް ރައީސް ދެއްވާ އެންމެ މަތިވެރި ޝަރަފެވެ.
ރައީސް އޮފީހުން ބުނީ، ދިވެހިރާއްޖޭގެ އިއްޒަތުގެ ގާނޫނުގެ ދަށުން ރައީސަށް ލިބިވަޑައިގަންނަވާ އިހްތިޔާރުގެ ދަށުން އެ ޝަރަފު ސަލާހުއްދީނަށް އެރުވުމަށް ރައީސް ކަނޑައެޅުއްވީ ދިވެހީންގެ ދީނާއި ދިވެހީންގެ ދިވެހިބަހާއި ތަރިކައާއި ސަގާފަތާއި މި ދެންނެވި ރޮނގުތަކުން ދިވެހީންގެ ވިސްނުމާއި ފިކުރީ ތަރައްގީއަށް މަގުފަހިކޮށްދެއްވައި، އިލްމުގެ ނޫރު ފެތުރުއްވުމަށް ކުރައްވާފައިވާ ގައުމީ ހިދުމަތަށްޓަކައި ކަމަށެވެ.
ގައުމިއްޔަތަށް ހިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފުގެ ގޮތުގައި ރައީސް ދެއްވާނީ ޝަރަފުގެ އައްޑަނައެވެ. އެ ޝަރަފު ސަލާހުއްދީންގެ ހަނދާނަށް އެރުވުން އޮންނާނީ މި އަހަރުގެ ގައުމީ ދުވަހާ ގުޅުވައިގެން މާދަމާ ހެނދުނު ދަރުބާރުގޭގައި ބާއްވާ ރަސްމީ ޖަލްސާގަ އެވެ.
އޭޕްރިލް 14، 1881 ގައި މާލެއަށް އުފަންވެ ވަޑައިގެން ސަލާހުއްދީނަކީ ދިވެހިން މިހާތަނަށް ދުށް އެންމެ ބޮޑު، އެންމެ ހިދުމަތްތެރި އަދީބެވެ.
އެންމެ 18 އަހަރުގައި ފަނޑިޔާރުގެ އިސް އެހީތެރިޔާގެ މަގާމު ލިބިވަޑައިގެންނެވި ސަލާހުއްދީން އުއްތަމަ ފަނޑިޔާރުކަން ކުރެއްވީ މިދިޔަ ގަރުނުގެ ކުރީކޮޅެވެ. ރާއްޖޭގެ ފުރަތަމަ ގާނޫނު އަސާސީ 1932 ގައި ލިޔެވި ގާނޫނީ ވެރިކަމަކަށް ރާއްޖެ ފުރޮޅި، އުފެދުނު ފުރަތަމަ ކެބިނެޓުގައި އެމަނިކުފާނަކީ ވަޒީރުލްހައްގަނިއްޔާ އެވެ. ރާއްޖޭގެ ފުރަތަމަ ޖަސްޓިސް މިނިސްޓަރެވެ.
ސަލާހުއްދީން އަވަހާރަވީ 20 ސެޕްޓެމްބަރު 1948ގައެވެ. ފަސްދާނުލެވިފައިވަނީ ސްރީ ލަންކާގަ އެވެ.




ގުޅުންހުރި
މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށް ދެކެވޭ
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭ ގޮތަށް
އެންމެ ގިނަ އަދަދެއްގެ ހާފިޒުން ދަސްވެނިވާ ތާރީހީ ހަފުލާ އަންނަ އާދީއްތަ