ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހައްޔަރު ކުރުމަށް ސައްހަނޫން ކޯޓު އަމުރެއް ނެރުމާއި ގުޅޭގޮތުން ފުލުހުން ކޮށްފައިވާ ތަހުގީގު ރިޕޯޓެއް ކަމެއް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދަނީ ސައްހަނޫން ރިޕޯޓެއް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އެ ރިޕޯޓާއި ގުޅޭގޮތުން ފުލުހުން ބެލި ބެލުމުން، އެ ރިޕޯޓްގައި ބޭނުންކޮށްފައިވާ ހެޑާއާއި ފުލުހުންގެ ލިޔެކިޔުންތަކުގައި ބޭނުންކުރާ ހެޑާ ދިމާނުވާކަން ފާހަގަކުރެވޭ ކަމަށެވެ.. އަދި ދައުރުކުރަމުންދާ ސައްހަނޫން އެ ރިޕޯޓުގައި އޭރުގެ އެކްޓިންގ ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒްްގެ ނަމުގައި ބޭނުންކޮށްފައި ވަނީ ފުލުހުންގެ ޕްރެސް ސްޓޭޓްމެންޓްތަކުގައި ސޮއިކުރައްވަމުން ގެންދަވާ، ފުލުހުންގެ ތަރުޖަމާން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު ޝިފާންގެ ސޮއި ފޯޖްކޮށްގެންކަން ކަމަށް ފުލުހުން ބުންޏެވެ.
އެ ރިޕޯޓަކީ ފުލުހުންގެ ރަސްމީ ލިޔެކިޔުންތަކުގައި ބޭނުންކުރާ ފޯމެޓް ކޮޕީކޮށްގެންނާއި އަދި ފުލުހުންގެ ބައެއް އިސްވެރިންގެ ސޮއި ފޯޖްކޮށްގެން އުފައްދާފައިވާ އަދި އެކި ގޮތްގޮތުން ބަދަލުގެނެސްގެން އުފައްދާފައިވާ ސައްހަ ނޫން ވާހަކަތަކެއް ހިމެނޭ ރިޕޯޓެއް ކަމަށް ފުލުހުން ބުންޏެވެ.
”ސައްހަނޫން މި ރިޕޯޓް އުފެއްދައި ދައުރު ކުރަމުންދާ މައްސަލަ ފުލުހުން ގެންދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ. މީގެ އިތުރުން، އެންޓި ކޮރަޕްޝަން ކޮމިޝަންގެ ސައްހަ ނޫން ރިޕޯޓެއް ދައުރުވަމުންދާތީ އެ މައްސަލަ ތަހުގީގުކޮށްދިނުމަށް އެކޮމިޝަނުން މި ހިދުމަތުގައި އެދިފައިވާތީ، އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ،“. ފުލުހުން ބުންޏެވެ.




ގުޅުންހުރި
ވޯޓު ކަރުދާހުގައި އަޅުގަނޑުގެ ނަން އޮންނާނެ، މާފުއްޓަށް ފައިބަން ބޭނުމެއް ނޫން:
ޑޮލަރު ސޫޓް ކޭސް ފޭރިގެން މައްސަލަ: ހައްޔަރުކުރި 4 މީހުންގެ ފޮޓޯ
ޝަރީއަތަށް ވަޑައިނުގެންނެވޭނެކަން ޔާމީން ކޯޓަށް އެންގެވި: ވަކީލުން
ޔާމީން ވަޑައިގެންނެވީ ދިއްދުއަށް، ކޯޓަށް ހާޒިރުނުވުމުން ފިޔަވަޅު އަޅަނީ
ވެލާބިސް އަޅާހެން އެއާޕޯޓުތައް އެޅުން ރިޝްވަތަކަށް ނުވޭތޯ؟: ޔާމީން
281 ބަނގުރާ ފުޅި އާއެކު ބަނގުރާ ވިއްކާ ބޮޑުންތަކެއް ހައްޔަރުކޮށްފި