ދިވެހިންނަކީ އަބަދުވެސް މިނިވަންކަމުގެ ބަތަލުން ކަމަށާއި ދިވެހީންގެ ތަބީއަތަކީ މިނިވަންކަމާއެކު ދެމި ތިބުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ދަރުބާރުގޭގައި މިއަދު ބޭއްވި ގައުމީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ތާރީހު އަބަދުވެސް ދައްކައިދީފައި އޮތީ ރާއްޖެއަށް ފާރަލާ ބޭރުގެ ލޯތަކާއި ދިވެހީންނަށް ގޯނާކުރާ ބޭރުގެ އަތްތަކެއްވާކަން ކަމަށެވެ. އެކަން ބޮޑު ރަސްގެފާނު މާލެވަށައި ރޭނުއްވި ދިފާއީ ބޮޑުފާރު ފަދަ ތަރިކަތަކުން ސާބިތުވާއިރު، އެއީ ދިވެހި ކާބަފައިންނަކީ މި ގައުމުގެ ދިފާއުގައި ހުރިހައި މާނައެއްގައި ހުރިހައި ޒަމާނެއްގައި މަސައްކަތްކުރި ބައެއްކަމުގެ ހެއްކެއް ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ރާއްޖެއަކީ އަބަދުވެސް ދުނިޔޭގެ ބާރުތަކުގެ ވާދަވެރިކަމުގައި ހަމަލާތައް ރައްދުވާ އަދި އެ ހަމަލާތައް ރޫޅާލައި ސަލާމަތްވެގަންނަ ބަޔަކު އުޅޭ ރާއްޖެއެއް ކަމަށެވެ.
”އެހެންވީމާ ދިވެހީންނަކީ އަބަދުވެސް މިނިވަންކަމުގެ ބަތަލުން. ދިވެހީންގެ ތަބީއަތަކީ މިނިވަންކަމާއެކު ދެމި ތިބުން. އަޅުގަނޑުގެ މުޅި ސިޔާސަތު ބިނާކުރަނީ މި އަސާސުގެ މައްޗަށް. މިއަދު ރާއްޖޭގައި ބޭރުގެ ސިފައިން ގާއިމުވެ ނެތީ އެހެންވެގެން. މިއަދު ރާއްޖެ ބަލަހައްޓަން އެންމެ ޒަމާނީ ޓެކުނޯލޮޖީ އާއެކު އުޅަނދުތައް އުދުހެމުން އެދަނީ އެހެންވެގެން،“ ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، އިންސާނުން އެ މީހުން ދިރިއުޅޭ ފަސްގަނޑަށް ވަފާތެރިވެ އެ ފަސްގަނޑު ދިފާއުކޮށް އެ ފަސްގަނޑަށްޓަކައި ފުރާނަ ދެނީ އެ ފަސްގަނޑުން އޭނާގެ ފުރާނަ ސަލާމަތްކޮށްދީ، އެ ފަސްގަނޑުން އޭނާގެ ބަނޑުފުރާނަ މުއްތިކުރެވޭ ނަމަ ކަމަށެވެ. އަދި އެ ސަބަބަށްޓަކާ އެ ފަސްގަނޑުގެ ދިފާއުގައި އޭނާ ހޭލާ ހުންނަ ކަމަށްވެސް ވިދާޅުވި އެވެ.




ގުޅުންހުރި
އެންމެ ގިނަ އަދަދެއްގެ ހާފިޒުން ދަސްވެނިވާ ތާރީހީ ހަފުލާ އަންނަ އާދީއްތަ
ރައީސް މިއަދުވެސް ”ދޮރުންދޮރަށް“ ހަރަކާތަށް
މަގާމަށް އިންތިހާބު ކުރިތާ 45 ދުވަސް ފަހުން ޖޭއެސްސީއަށް ފަނޑިޔާރު ޝަފީއު
ތެލަސީމިއާ ސެންޓަރުން ހުކުރު ދުވަސްތަކުގައި ވެސް ހިދުމަތްދޭން ފަށައިފި
އިންސާނީ ކަރާމާތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ މަސައްކަތުގައި ރާއްޖެ ދެމިއޮންނާނެ: ރައީސް
ކައުންސިލު އިންތިހާބަށް ޕީއެންސީގެ ޑޯޓުޑޯ ހަރަކާތުގައި ރައީސް ބައިވެރިވެވަޑައިގެންފި