ވަރަށް ގިނައިން ރާއްޖެ އަންނަ އިންޑިއާއަށް ނިސްބަތްވާ އުމުރުން 27 އަހަރުގެ ފިރިހެނަކު މަނީ ލޯންޑަރިންގެ ތުހުމަތުގައި ހައްޔަރުކޮށްފި އެވެ.
މަނީ ލޯންޑަރިންގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރީ އަބްދުލް ރަގޫބު ނިސްތާރު ހަލީމް ރަހްމާނަށެވެ. ކުރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް ފަސް ދުވަސް ޖަހައިފަ އެވެ.
އޭނާގެ ވަކީލު ކޯޓުގައި ވިދާޅުވީ މުވައްކިލުގެ އަތުން ފެނުނު ގިނަ އަދަދެއްގެ ފައިސާއަކީ ސައްހަ ފައިސާތަކެއް ކަމަށެވެ. މުވައްކިލަށް ކުރާ މަނީ ލޯންޑަރިންގެ ތުހުމަތާ ގުޅިގެން ފުލުހުން އެއްވެސް ހެއްކެއް ހުށަހަޅާފައިނުވާ ކަމަށް ވަކީލު ވިދާޅުވި އެވެ. ހަރުކަށި ފިޔަވަޅުތަކާއެކު މުވައްކިލު ބަންދުން ދޫކޮށްލަށް ދިނުމަށް އެދޭ ކަމަށް ވަކީލު ވިދާޅުވި އެވެ.
ނަމަވެސް ފުލުހުން ބުނީ އަބްދުލް ރަގޫބު އަތުން ފެނުނު ގިނަ އަދަދެއްގެ ފައިސާއަކީ އޭނާއަށް ކިހިނެތް ލިބުނު ފައިސާއެއްކަން ބުނެދެވިފައިނުވާ ކަމަށެވެ. އެ ފައިސާއަކީ އެހެން މީހަކު އޭނާއަށް ހަވާލުކުރި އެއްޗެއްކަން ދޭހަވާ ލިޔުމެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭނާއަކީ ވަރަށް ގިނައިން ރާއްޖެ އެތެރެވެ ޖެހިގެން އަންނަ ދުވަހު ފުރައިގެންދާ މީހެއް ކަމަށާއި އޭނާގެ ނަންވެސް ޕާސްޕޯޓުން ބަދަލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އޭނާގެ ބަންދާއިމެދު ގޮތެއް ނިންމަމުން ގާޒީ ވިދާޅުވީ އަބްދުލް ރަގޫބަށް ކުރަނީ ޖިނާއީ ބޮޑެތި ތުހުމަތެއް ކަމަށާއި ފައިސާ ލިބުނު ގޮތް އޭނާ ފުލުހުންނަށް ކިޔައިދީފައިނުވާ ކަމަށެވެ. އަދި އޭނާގެ ޓްރެވެލް ހިސްޓްރީގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުން ބަންދުން ދޫކޮށްލުމަށް އަމުރު ނުކުރެވޭނެ ކަމަށެވެ.
ގުޅުންހުރި
ވިލިމާލޭގައި މޫދަށް އެރިއުޅެނިކޮށް އޮޔާ ދަމައިގަތް ދިވެއްސަކު ސަލާމަތްކޮށްފި
ރޭސް ކާރު އެކްސިޑެންޓް: ކާރު ދުއްވި އިކްރާމް ތިން މަހަށް ޖަލަށްލައިފި
ސައުތު ކޭޓަރިންގެ މުވައްޒަފުންނަށް މުސާރަ ނުދޭ މައްސަލަ ފުލުހުން ބަލަނީ
ރާއްޖޭގައި އިންޑިއާގެ މީހަކު މަރާލި ކަމަށް ބުނާ މައްސަލައެއް އިންޑިއާ ފުލުހަށް
ކަސްޓަމްސް އޮފިސަރުންތަކެއްގެ އެކައުންޓުތަކުން 400 މިލިއަން ރުފިޔާ ދައުރުކުރި މައްސަލައެއް
އަތުހަރުގެ މަރާ ގުޅިގެން ދެ ފުލުހަކަށް ދައުވާކޮށްދޭން އެދިއްޖެ