ހުޅުމާލެ ފޭސް 2ގައި މިއަދު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކަށް ސީރިޔަސް އަނިޔާތަކެއްވެއްޖެ އެވެ
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ހެނދުނު 6:50 ގައި ހުޅުމާލެ ފޭސް 2ގައި ދުއްވި ސައިކަލަކާއި ކާރެއް ޖެހި އެކްސިޑެންޓެއް ހިންގާފައިވާ ކަމަށެވެ. ސައިކަލް ދުއްވަން އިން މީހާއަށް ސީރިއަސް އަނިޔާތަކެއް ވެފައިވާ ކަމަށާއި އޭނާ އަށް ހުޅުމާލެ ހޮސްޕިޓަލުން ފަރުވާ ދެމުން އަންނަ ކަމަށްވެސް ބުންޏެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި ސައިކަލު ދުއްވަން އިން މީހާގެ ބޯ ގޮސް ޖެހިފައިވަނީ ފާރެއްގައެވެ. ފާރާއި ބިންމަތީގައި ގިނަ އަދަދެއްގެ ލޭ ހުރިތަންވެސް ފެނެ އެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މެންދަމު ވެސް ހުޅުމާލޭގައި ސްޕޯޓްސް ކާރަކާއި ސައިކަލެއް ޖެހި ޒުވާނަކު ވަނީ މަރުވެފައެވެ. އަދި މިދިޔަ ޖުލައި 31 ވަނަ ދުވަހު ވެސް ސްޕޯޓްސް ކާރަކުން މީހެއްގެ ގައިގައި ޖެހި މީހަކަށް ބޮޑެތި އަނިޔާތަކެއްވިއެވެ. މި ދެ މައްސަލައިގައި ކާރު ދުއްވަން އިން މީހާ ވަނީ ހައްޔަރުކޮށްފަ އެވެ.




ގުޅުންހުރި
ޑުރަގް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭކަށް ބޭނުމެއް ނޫން، އުންމީދަކީ
މާލޭގައި 300 މަސާޖު ޕާލާ! ރައީސް ވިދާޅުވީ 1 މަސް ތެރޭ
ކައުންސިލް އިންތިހާބު: ވޯޓުލެވެނީ 294،937 މީހުންނަށް، ޖުމުލަ 621 ވޯޓު ފޮށި
ރާއްޖެ-ލަންކާ ބޯޑާ ކޮންޓްރޯލް އުވާލައި، ވިސާ ނަގަންނުޖެހޭ ގޮތަށް ހަދަން ނަޝީދު
އުމުރުން 75 އަހަރާ ހަމައަށް ވަޒީފާގައި ހުރެވޭ ބިލް ތަސްދީގު ކުރައްވައިފި
ރީކޯ މޫސަ ގޮވައިގެން އިލްމުވެރިންގެ ގުޅުމުން ޕޮލިހަށް!