ހުޅުމާލޭގައި މިއަދު އިތުރު އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ، އެ އެކްސިޑެންޓް ހިންގީ ހުޅުމާލެ ހައިވޭ ކައިރީ އިންނަ ވިލާ ޕެޓްރޯލް ޝެޑް ކައިރީގައި ދެ ސައިކަލެއް ޖެހިގެން ކަމަށެވެ.
އެ އެކްސިޑެންޓުގައި އަނިޔާވެގެން އަންހެނަކާއި ފިރިހެނަކު ހުޅުމާލެ ހޮސްޕިޓަލަށް ފަރުވާ ދިނުމަށް ގެންގޮސްފައިވާ ކަމަށްވެސް ބުންޏެވެ. ނަމަވެސް އެ މީހުންނަށް ލިބުނު އަނިޔާގެ ތަފުސީލެއް އަދި ނުލިބެ އެވެ.
އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު، މިއަދު ހެނދުނު ހުޅުމާލެ ފޭސް 2ގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކަށް ސީރިއަސް އަނިޔާތަކެއް ވަނީ ލިބިފަ އެވެ. އެ އެކްސިޑެންޓް ހިނގީ ކާރަކާއި ސައިކަލެއް ޖެހިގެންނެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މެންދަމު ހުޅުމާލޭގައި ސްޕޯޓްސް ކާރަކާއި ސައިކަލެއް ޖެހި ޒުވާނަކު ވަނީ މަރުވެފަ އެވެ. އަދި މިދިޔަ ޖުލައި 31 ވަނަ ދުވަހު ވެސް ސްޕޯޓްސް ކާރަކުން މީހެއްގެ ގައިގައި ޖެހި މީހަކަށް ބޮޑެތި އަނިޔާތަކެއްވިއެވެ. މި ދެ މައްސަލައިގައި ކާރު ދުއްވަން އިން މީހާ ވަނީ ހައްޔަރުކޮށްފަ އެވެ.

ގުޅުންހުރި
ޑްރަގް އެތެރެކޮށް ވިޔަފާރި ކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް ދިރާސާ
ތިން ބޯޓަކުން 4،720 ބަސްތާ ފިޔާ ބާލައިފި: އެމްޕީއެލް
3.6 މިލިއަން ރުފިޔާ މޯލްޑިވިއަންއަށް ދެއްކުމަށް އެމްޑީޕީގެ މައްޗަށް ހުކުމްކޮށްފި
މޫސަގެ އޮޓޮޕްސީ ހަދަން، ހަށިގަނޑު ބޭރަށް ފޮނުވަނީ
މައުރޫފް އެޗްޑީސީގެ އެމްޑީ މަގާމުން އިސްތިއުފާ ދެއްވައިފި
ބިންހެލުމުގެ އަސަރު ރާއްޖެއަކަށް ނުކުރާނެ: މެޓު