އޭޝިއާއަށް މި އަހަރު އައި އެންމެ ބާރުގަދަ ތޫފާން ވިއެޓްނާމަށް އަރައި، މިހާތަނަށް ހަތަރު މީހަކު މަރުވެއްޖެ އެވެ.
އިންޑޯ-ޕެސިފިކް ޓްރޮޕިކަލް ސައިކްލޯން ވޯނިން ސެންޓަރުން ބުނި ގޮތުގައި، ޔާގީގެ ނަން ދީފައިވާ އެ ސުޕާ ޓައިފޫން އިއްޔެ އަރާފައިވަނީ ވިއެޓްނާމުގެ ދެ ޕްރޮވިންސަކަށެވެ. އެ ތޫފާނުގައި ގަޑިއަކު 203 ކިލޯމީޓަރަށް ވައި ޖެހިފައިވާއިރު، 20 ސެންޓިމީޓަރުގެ ވާރޭ އިއްޔެ އެކަނިވެސް ވެހިފައިވެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން، ވައިގަދަވުމުގެ ސަބަބުން ޓިނުތަކާއި ކޮމާޝަލް ސައިން ބޯޑް ފަދަ އެއްޗެހި ވިއްސައިގެން ގޮސް އިމާރާތްތަކާއި ވެހިކަލްތަކަށް ގެއްލުންވެފައިވާއިރު، ވެރިރަށް ހަނާއީގެ ގަސްތައް ވެއްޓި ކަރަންޓުވެސް ވަނީ ކެނޑިފަ އެވެ.
ތޫފާނުގައި މިހާތަނަށް 78 މީހަކަށް އެކިވަރުގެ އަނިޔާ ވެފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.
ޔާގީ ވިއެޓްނާމަށް އަރާފައި މިވަނީ ޓޫރިސްޓުންގެ މެދުގައި މަގުބޫލު އަދި ޗައިނާގެ ހަވާއީގެ ނަމުން މަޝްހޫރު ހައިނަންއަށް އެރުމަށްފަހު އެވެ. ތޫފާނުގައި ޗައިނާ އިން ތިން މީހަކު މަރުވެ، 100 އެއްހާ މީހުންނަށް އަނިޔާވި އެވެ.




ގުޅުންހުރި
ރަޝިޔާއިން އީރާނަށް ޖާސޫސީ މައުލޫމާތު ޙިއްޞާކުރުމަކުން ކަންބޮޑެއް ނުވޭ: އެމެރިކާ
އީރާންގެ ވަރުގަދަ އިންޒާރެއް އެމެރިކާއަށް: މަނަވަރު ފައްތާލިކަމުގެ ހިތި ނަތީޖާއާ ކުރިމަތިލާންޖެހޭނެ!
ބަހްރެއިންގައި ހުންނަ އެމެރިކާ ވައިގެ މަރުކަޒަށް ވަރުގަދަ ހަމަލާތަކެއް ދީފި
ސައުދީގައި ހުންނަ އެމެރިކާ އެމްބަސީއަށް ދެ ޑްރޯން ހަމަލާ ދީފި
ޚާމަނާއީ ހަވަހާރަވެފައިވާކަން އިރާނުން ކަށަވަރުކޮށްދީފި
އިންޑިއާގައި ނަމާދަށް އިން މީހެއްގެ ގައިގާ ތަޅައި އަނިޔާކުރާ ވީޑިއޯއެއް