ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރްސީއެމް)ގެ މެންބަރުކަމުގެ މަގާމަށް، އިސްމާއީލް ހަބީބު އަބްދުއްރަހީމް، ރައީސް ޑރ. މުހައްމަދު މުއިއްޒު، އައްޔަންކުރައްވައިފިއެވެ.
ހަބީބު މީގެ ކުރިން ހުންނެވީ އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސްގެ މަގާމުގަ އެވެ. ހަބީބު އެ މަގާމު އަދާކުރެއްޗީ 2021 2024 އަށެވެ. އޭގެ ކުރިން ހަބީބު ވަނީ އީސީގެ މެންބަރުގެ މަގާމުގެ ދެ ދައުރު އަދާކުރައްވައިފަ އެވެ.
ހަބީބު ވަނީ ވިލާ ކޮލެޖުން ބެޗްލާ އޮފް ޝަރީއާ އެންޑް ލޯ ހާސިލު ކުރައްވައިފަ އެވެ. އަދި ވަނީ މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)އިން މާސްޓާ އޮފް އާޓްސް (ދިވެހި ލޭންގުއޭޖް) ހާސިލުކުރައްވައިފައެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް މުއިއްޒު ވަނީ އެޗްއާރްސީއެމްގެ މެންބަރު ކަމަށް ހަބީބު އައްޔަން ކުރެއްވިކަމުގެ ލިޔުން އޭނާއާ ހަވާލުކޮށްދެއްވައިފަ އެވެ.
އެ ރަސްމިއްޔާތުގައި ހަބީބު ވަނީ އެޗްއާރްސީއެމްގެ މެންބަރުކަމުގެ ހުވާ ރައީސް މުއިއްޒުގެ ކުރިފުޅުމަތީގައި ކުރައްވައިފަ އެވެ. ހަބީބަށް ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިންއެވެ.




ގުޅުންހުރި
އުނގޫފާރަށް އުނގުލު، ވަށަފަރަށް ކަނޑާލިފިނޮޅު
އިސްތިއުފާދެއްވަން ރައީސް ވަހީދަށް އެންގިން: ރައީސް މުއިއްޒު
މޮރިޝަސްގެ ނިންމުން ތާކުންތާކު ނުޖެހޭ، ގުޅުން ކަނޑާލިޔަސް ހައްގުނޫން ތަނެއް ނުލިބޭނެ:
ރާއްޖެއަށް ތެލާއި ކާބޯތަކެތި ގެނައުމުގައި ދަތިކަމެއް އަދި ނެތް، ކަންބޮޑުވުމެއް ވެސް
ރައީސްގެ ޕްރެސް ކޮންފަރެންސެއް މާދަމާ ހެނދުނު
ހަނގުރާމައާ ގުޅިގެން ދިވެހީންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވަޒީރުންގެ ހާއްސަ ކޮމިޓީއެއް