މާފަންނު ބަސް ޓާމިނަލް ކައިރީގައި މިރޭ އެކްސިޑެންޓެއް ހިނގައި ތިން މީހަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ މިރޭ 6:29 ހާއިރު އެ އެކްސިޑެންޓް ހިނގީ ދެ ސައިކަލެއް ޖެހިގެން ކަމަށެވެ.
އެކްސިޑެންޓުގައި ދިވެހި ފިރިހެނަކަށާއި ދެ ބިދޭސީ ފިރިހެނަކަށް އަނިޔާވެގެން އައިޖީއެމްއެޗުގައި ފަރުވާ ދިނުމަށް ގެންގޮސްފައިވާ ކަމަށްވެސް ބުންޏެވެ.
ނަމަވެސް އެ މީހުންނަށް ލިބުނު އަނިޔާގެ ތަފުސީލެއް އަދި ނުލިބެ އެވެ.


