ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީގެ ދަށުން ހިނގަމުން އަންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަކީ، ހެލްތް މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖައްސަވައި، ހައުސިން މިނިސްޓްރީގެ ދަށުން ހިންގަމުން އައި މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮޓޯރިޓީ އުވައިލައްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފި އެވެ.
ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުން އެ މަނިކުފާނު އެ ދެ ނިންމުން ނިންމެވިކަން އިއުލާންކުރެއްވީ މިއަދު ހެނދުނު ރައީސް އޮފީހުން ނެރުއްވި ދެންނެވުމެއްގައެވެ.
ރައީސް އޮފީހުގެ ދެންނެވުމުގައި ބުނެފައިވާ ގޮތުން ރައީސް އެގޮތަށް ހަމަޖެއްސެވީ، ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ހިންގުމާއި ބެލެހެއްޓުމުގެ ޒިންމާ ހެލްތް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމާއި ގުޅޭ ގޮތުން ކެބިނެޓުގައި މަޝްވަރާ ކުރެއްވުމަށްފަހު އެކަމަށް މިނިސްޓަރުން ލަފާ ދެއްވުމުން ކަމަށެވެ.
ރައީސް އޮފީހުން ބުނީ، ލޭންޑް އެންޑް ސާވޭ އޮތޯރިޓީ އުވައިލައްވަން ރައީސް ނިންމެވީ އެ އޮތޯރިޓީން ކުރަމުން އައި މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި ހިންގައި، މިހާރަށްވުރެ ހަރަދު ކުޑަ ގޮތެއްގައި އެ މަސައްކަތްތައް ކުރުމުގެ އިންތިޒާމު ހަމަޖެއްސުމަށް ކަމަށެވެ.

ގުޅުންހުރި
އިޒްރޭލުގެ އަނިޔާވެރިކަން އަލުން ފެށުން: ޝަހީދުވި މީހުންގެ އަދަދު 400 އަށް،
ހުއްޓިފައި އޮންނަތާ 11 މަސް ފަހުން ރައީސްގެ ޖަވާބު ސިލްސިލާ އަލުން
ކުއްޖާގެ ކަރާމަތް ނަގާލީ ސާޖިދާ ކަމަށް ބުނެ އެމްޑީޕީން ފުލުހަށް މައްސަލަ
ސުޕްރީމް ކޯޓަށް އައްޔަންކުރަން ފަނޑިޔާރު ޝާހިދުގެ ނަން ކޮމިޓީން ފާސްކޮށްފި
ތޫނު އެއްޗަކުން ސޭޓަށް ބިރު ދައްކައި ސިނގިރޭޓްއާއި ފައިސާ ފޭރިއްޖެ
ސުޕްރީމް ކޯޓަށް އައްޔަންކުރަން ފަނޑިޔާރު ޝަހީދުގެ ނަން ދިރާސާކުރަން ކޮމިޓީ އަށް