ސެޕްޓެމްބަރ 21, 2024

ހިންނަވަރު/ ނައިފަރު ޑުރަގް އޮޕަރޭޝަން: ޑުރަގާއެކު 293،000ރ. ހޯދައި 5 މީހަކު ހައްޔަރަށް

ޅ. ހިންނަވަރާއި ނައިފަރުގައި ފުލުހުން ހިންގި ޑުރަގް އޮޕަރޭޝަންގައި ފަސް މީހަކު ހައްޔަރުކޮށްފި އެވެ.

ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް އަދި ނޯތު ޕޮލިސް ފުލުހުން ގުޅިގެން އިއްޔެ ހިންގި އެ އޮޕަރޭޝަނުގައި ހިންނަވަރާއި ނައިފަރު ހިމެނޭ ގޮތަށް 12 ތަނެއް ބަލައިފާސް ކުރި އެވެ.

ފުލުހުން ބުނީ، ބަލައިފާސްކުރުމުގެ ތެރެއިން 86.26 ގްރާމުގެ ޑުރަގާއި 293000 ދިވެހި ރުފިޔާއާއި ޔޫއެސް ޑޮލަރުގެ އިތުރުން ޔޫރޯ ފެނިފައިވާ ކަމަށެވެ. ފުލުހުން ވަނީ އެ އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވާ ފަސް މީހުންގެ ފޮޓޯއާއި ވަނަވަރުވެސް އާންމުކޮށްފަ އެވެ.

  • ޅ. ހިންނަވަރު/ އަގީދުގެ، ހުސެއިން އީސާ ފުޅު (48އ)
  • ޅ. ހިންނަވަރު/ މިދިލިމާގެ، އަހުމަދު މުހައްމަދު (36އ)
  • ޅ. ނައިފަރު/ ޑޭޒީހިޔާ، އަބްދުﷲ ޒަކަރިއްޔާ (46އ)
  • ޅ. ހިންނަވަރު/ ފެހިގެ، މުހައްމަދު އިރުޝާދު (35އ)
  • އދ. މަހިބަދޫ/ ކުޅިބަލާގެ، ފާތިމަތު ރީމާ (44އ)

ފުލުހުން ބުނީ، މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ހުސައިން އީސާ ފުޅު އަދި އަހުމަދު މުހައްމަދު 7 ދުވަހަށް، އަބްދުﷲ ޒަކަރިއްޔާ 15 ދުވަހަށް، ރީމާ 12 ދުވަހަށް އަދި އިރުޝާދު ތިން ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.