ބަރަހަނާ ފޮޓޯއާއި ވީޑިއޯ އަޅާ ޓެލެގުރާމް ޗެނަލްތަކަށް ވަދެ ތިބޭ މީހުންނަށާއި ޗެނަލްތަކަށް ފައިދާ ދައްކާ މީހުން ހޯދައި ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފި އެވެ.
ބަރަހަނާ މަންޒަރު ހިއްސާ ކުރަމުންދިޔަ ޓެލެގުރާމް ޗެނަލްތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ސައިބާ ކްރައިމް ސެންޓަރުގެ ވެރިޔާ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ސަމީހު ވިދާޅުވީ ބަރަހަނާ ފޮޓޯއާއި ވީޑިއޯ އަޅާ ޗެނަލްތަކަށް ވަދެ ތިބުމާއި އެފަދަ ޗެނަލްތަކަށް ފައިސާ ދެއްކުމަކީ ކުށެއް ކަމަށެވެ.
”މިފަދަ ޗެނަލްތަކަށް ވަދެ ތިބޭ ފަރާތްތައް ހޯދައި ގާނޫނީ ހަމަތަކުގެ މަތީން ދިވެހި ފުލުހުންގެ ހިދުމަތުން ފިޔަވަޅު އަޅަމުންދާނެކަން ފާހަގަކޮށްލަން،“ ސަމީހު ވިދާޅުވި އެވެ.
ބަރަހަނާ މަންޒަރު އަޅަމުންދިޔަ 571 ޓެލެގުރާމް ޗެނަލެއް ފުލުހުން ވަނީ މި މަހުގެ ތެރޭގައި ބަންދުކޮށްފަ އެވެ. އަދި އެ މައްސަލައާ ގުޅިގެން ތިން މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.
ފުލުހުން ބުނި ގޮތުގައި އެ ޗެނަލްތަކަށް ވަދެ ފައިސާ ދައްކައިގެން 34،680 މީހުން ޗެނަލްތަކަށް ސަބްސްކްރައިބް ކޮށްފައިވާ ކަމަށާއި އަދި އެ މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކުން ސަބްސްކްރިޕްޝަން ފީގެ ގޮތުގައި ދެ މިލިއަނެއްހާ ރުފިޔާ ހޯދާފައިވާ ކަމަށެވެ.




4 Comments
ގުޅުންހުރި
ވީއައިއޭ އިން މިއަދު 27,000 އަށްވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތްދޭނެ
ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި ޑްރަގު އެތެރެކުރި މައްސަލައިގައި ހިމެނޭ ދެ މީހުންގެ
އަންނަ މަހުގެ 15 ގައި ފުލެޓާއި ގޯއްޗަށް ހުޅުވާލަނީ
ރަސްމާލެ ހިއްކުމުގެ މަސައްކަތް އަންނަ އޭޕްރީލަށް ނިންމަނީ
ކުރިއަށް އޮތް ދެ އަހަރު ތެރޭ ކުދި އަދި މެދު ފަންތީގެ
ކައުންސިލުގެ ފްލޯއަކީ ޑްރާމާ ކުޅެ، މާލޭގެ ބިންތައް ވިއްކަން އޮންނަ ތަނެއް