އިހަވަންދިއްޕޮޅުގައި ފަށާ ބަންކަރިން ހިދުމަތުގެ ދެވަނަ ފިޔަވަހީގެ ދަށުން ގިނަ މަޝްރޫއުތަކެއް ފަށަން ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޗީޕް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ބަންކަރިންގެ ހިދުމަތް އެންމެ ފުރަތަމަ ފަށަން ނިންމީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. ނަމަވެސް ފަސް ފަހަރަށް އެ މުއްދަތު ބަދަލުކުރުމަށްފަހު މިހާރު އެ ހިދުމަތް ފަށަން ނިންމާފައިވަނީ އަންނަ ބުރާސްފަތި ދުވަހު އެވެ. އެކަމަށް ވާންޖެހޭ ހުރިހާ ތައްޔާރީއެއް ވެފައިވާ ކަމަށްވެސް އެމްޕީއެލް އިން ބުނެ އެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ވަޖީހު ވިދާޅުވީ، ދެ ބޯޓު ބޭނުންކޮށްގެން ބަންކަރިންގެ ހިދުމަތް ފެށި ނަމަވެސް އެ ހިދުމަތް އެއްކޮށް ފުރިހަމަވާނީ އެއްގަމުގައި ތެޔޮ ވިއްކޭނެ ގޮތް ގާއިމުކުރުމުން ކަމަށެވެ.
އެގޮތުން އެ ހިދުމަތުގެ ދެވަނަ ފިޔަވަހީގެ ދަށުން ހޯރަފުށީ ފަޅު ހިއްކައިގެން އެ ފަޅުގައި ޕޯޓަކާއި ތެޔޮ ޓާމިނަލެއް ހަދާނެ ކަމަށާއި އެއާއެކު ޓްރާންސްޝިޕްމެންޓް ކާގޯގެ ހިދުމަތާއި ބިޒްނަސް ސެންޓަރަކާއި ވެއާހައުސްތަކެއް ހަދާނެ ކަމަށްވެސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ބަންކަރިންގެ ހިދުމަތަށް އަންނަ ބޯޓުގެ ކުރޫން ރާއްޖޭގެ މާހައުލު ތަޖުރިބާ ކޮށްލަން ބޭނުންވާ ނަމަ، އެކަމަށްޓަކައި ހޯރަފުށީގައި ޕޯޓް ކްލަބް ހައުސްއަކާއި އެ މީހުންނަށް ހިދުމަތް ދެވޭނެ ލައުންޖެއް ހަދާނެ ކަމަށެވެ.
އަދި ހއ. އިހަވަންދޫގައި ޑީޕް ސީ މެއިންޓަނެންސަށް ހާއްސަ ޓާމިނަލަކާއި ޑޮކްޔާޑެއްވެސް ގާއިމުކުރަން ނިންމާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

2 Comments
ގުޅުންހުރި
ކުޅުދުއްފުށީ ޕޯޓް ބޮޑުކުރުމުގެ މަޝްރޫއު އެމްޕީއެލްއާ ހަވާލުކޮށްފި
ވައްކަމުގެ ތުހުމަތުތަކެއް އަމާޒުވި މުއާޒްއާއި ވަޖީހު ޕީއެންސީއަށް
އެމްޕީއެލްގެ ބޯޑު މެންބަރުކަމަށް މުހައްމަދު ވަހީދު އައްޔަންކޮށްފި
ބަންކަރިން ފަށާތަނުން 400 މިލިއަން ޑޮލަރު ލިބޭނެކަމަށް ވިދާޅެއްނުވަން: ސައީދު
އީދު ކުލަގަދަކޮށް ފާހަގަކުރުމުގެ އިންތިޒާމުތައް ހަމަޖެއްސި ފަރާތްތަކަށް ރައީސްގެ ޝުކުރު
އެމްޕީއެލް ފްލެޓުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރުމުގައި އުޅުނު ދެ މުވައްޒަފުގެ