ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ން އެ ބޭންކުގެ ޑެބިޓް ކާޑުން ޑޮލަރުގެ މުއާމަލާތް ނުކުރެވޭ ގޮތަށް ލިމިޓް ކުރަން ނިންމި ނިންމުމަކީ ބަޣާވާތެއް ކަމަށް ސަރުކާރުން ތުހުމަތުކޮށްފައިވިޔަސް އެ މައްސަލައާ ގުޅިގެން އެއްވެސް މީހަކާ އަދި ސުވާލުކޮށްފައިނުވާނެ ކަމަށް ފުލުހުން ބުނެފި އެވެ.
ބީއެމްއެލްގެ އެ ނިންމުމާ ގުޅޭގޮތުން ޕީއެންސީގެ ހަރުގޭގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ ބީއެމްއްއެލުން އެ ބަދަލު ގެނައި ދުވަހާއި އަދި ހަމަ އެ ބަދަލު ގެނައި ވަގުތު ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ނޫސް ކޮންފަރެންސް ދިނުމާއި އަދި މަގުމައްޗަށް މީހުން ނެރެން ސޯޝަލް މީޑިއާގައި ހިންގި ހަރަކާތްތަކަކީ ފުލުހުން ބަލާ މިންގަނޑުތަކުން ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރަކާ ދެކޮޅަށް ހިންގި އަމަލުތަކަކަށްވާތީ ފުލުހުން އެ މައްސަލަ ބަލަން ފަށާފައިވާ ކަމަށެވެ.
ފުލުހުން ފަހުން އެރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސަރުކާރާ ދެކޮޅަށް ހިންގި ކަމަށް ބެލެވޭ އެ އަމަލުތަކުގެ މައްސަލަ ތަހުގީގުކުރަން ފަށައިފައިވާ ކަމަށެވެ.
އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެޑް އޮފް މޭޖާ ކްރައިމް އިންވެސްޓިގޭޝަންސް، ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ އެ މައްސަލައި އެއްވެސް މީހަކާ ސުވާލުކޮށް ބަޔާން ވެސް ނަގައިފައި ނުވާނެ ކަމަށެވެ.
”އަޅުގަނޑުމެން މިވަގުތު ވެސް ކުރެވެމުން މިދަނީ މައުލޫމާތުތައް ހޯދައި އެއްކޮށް، އަދި ޖިނާއީ ކްރިމިނަލް ޕްރޮސީޑިންއެއް އޭގެ ކުރިއަށް ގެންދަން ޖެހޭ މިންވަރަށް އެ ކަންތައްތައް ފުރިހަމަވޭތޯ،“ އޭނާ ވިދާޅުވިއެވެ.
އެ މައްސަލައާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް އޭނާ ނުދެއްވަ އެވެ.

ގުޅުންހުރި
ކުއްޖާގެ ކަރާމަތް ނަގާލީ ސާޖިދާ ކަމަށް ބުނެ އެމްޑީޕީން ފުލުހަށް މައްސަލަ
ތޫނު އެއްޗަކުން ސޭޓަށް ބިރު ދައްކައި ސިނގިރޭޓްއާއި ފައިސާ ފޭރިއްޖެ
މިހާރު އޮތް މަޖިލީހަކީ ރައީސް މުއިއްޒު ވިދާޅުވާހާ ގޮތަކަށް މަސައްކަތް ކުރާނެ
ރާއްޖޭގައި އުފެއްދި ސިނގިރޭޓު ނައްތާލުމުގެ ހުއްދަ ދީފި، ކުންފުނީގެ ރަޖިސްޓްރީ ބާތިލް!
މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ, ފިނޭންސްގެ ދަށަށް
މާލެއިން އަންހެނަކު ގެއްލިގެން ހޯދަނީ، ގެއިން ނުކުމެގެން ދިޔަ ގޮތަށް ހަބަރެއް