މިދިޔަ އަހަރު ހިންގި މާރާމާރީއަކާ ގުޅިގެން އިންޓަޕޯލް ރެޑް ނޯޓިސް ނެރެގެން ފުލުހުން ހޯދަމުން ދިޔަ މީހަކު ރާއްޖެ އައުމުން ހައްޔަރުކޮށްފި އެވެ.
ފުލުހުން މިރޭ ބުނީ އެ ތިން މީހުން ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައިވަނީ މާލޭގައި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މީހަކާ މެދުގައި މާރާމާރީ ހިންގާފައިވާ މައްސަލައަކާ ގުޅިގެން ކަމަށެވެ. އެއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު ހިންގި މާރާމާރީއެއް ކަމަށް ފުލުހުން ބުންޏެވެ.
އެ ތިން މީހުން ވެސް ރޭ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށް ފުލުހުން ބުންޏެވެ. އެ މީހުން ހައްޔަރުކުރީ ތައިލެންޑުން ރާއްޖެ އައުމުން ކަމަށް ފުލުހުން ބުންޏެވެ.
”މި ތިން މީހުން ހޯދުމަށް ވެސް އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައިވޭ. ތިން މީހުން ވެސް ރާއްޖެ އައިސްފައި ވަނީ ފިލައިގެން އުޅެނިކޮށް ތައިލެންޑުން ޑީޕޯޓްކޮށްލުމުން،“ ފުލުހުން ބުންޏެވެ.
އެތަނުން އެކަކު ހައްޔަރުކޮށްފައި ވަނީ މިދިޔަ ބުދަ ދުވަހު ކަމަށާއި އަނެއް ދެމީހުން ހައްޔަރުކުރީ އިއްޔެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައި ވަނީ؛
• މ. މަސްކޮތަންގޭ، މުހައްމަދު ސިބްޠު އަބްދުﷲ
• ހ. ދޮންތުނޑި، މުހައްމަދު އަހްސަމް
• ލ. ގަން މުކުރިމަގު، މޫރިތި، އަސްވާން މުހައްމަދު
އެ ތިން މީހުންގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން އަސްވާން ބަންދުން ދޫކޮށް، ދެން ތިބި ދެމީހުން ޝަރީއަތް ނިމެންދެން ބަންދު ކުރަން އަމުރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ގުޅުންހުރި
ބްރިޖް ފެންސުގައި ޖެހުނު މީހާގެ އެއް ފައި އޮތީ ފަލަމަސްގަނޑާ ހިސާބުން
އެއާޕޯޓް ލައިޓް ކައިރީގައި ހިނގި އެކްސިޑެންޓެއްގައި މީހެއްގެ ހާލު ސީރިއަސްވެ ފަރުވާ
މަސްދޯނިތަކުން 39 ބިދޭސީއަކު އަތުލައިގެންފި، ފިލަންވެގެން އެކަކު ފުންމާލީ މޫދަށް!
ލޯބިވެރިޔާގެ ބަރަހަނާ ފޮޓޯ އާންމުކުރާނެ ކަމަށް ބުނެ ބިރުދެއްކި ފުލުހަކު ހައްޔަރުކޮށްފި
ކާރެއްގެ ތެރޭގައި މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލަ: އިތުރު 4 މީހަކު
ސިފައިންނާއި ފުލުހުންގެ މެޑިކަލް ވެލްފެއާ ސްކީމް އުވާލަނީ