ބައިނަލްއަގުވާމީ އެއާލައިންތަކުގެ މެނޫއިން ދިވެހި ކެއުންތައް ލިބޭން ހުންނާނެ ދުވަހެއް ދެކެން ބޭނުންވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
މި އަހަރުގެ ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ، ރާއްޖެއަށް ދަތުރުކުރާ އެއާލައިންތަކުގެ ބިޒްނަސް އަދި އިކޮނޮމީ ކްލާސްގެ ފަސިންޖަރުންނަށް ހިއްސާކުރާ މެނޫގައި ބައެއް ގައުމުތައް ނުވަތަ ސަރަހައްދުތަކަށް ހާއްސަ ކެއުންތައް ހިމަނާފައި ހުންނަ ކަމަށެވެ.
ނަމަވެސް ރާއްޖޭގެ ފަތުރުވެރިކަން މިހާ ކުރިއަރައި ދިޔަ ނަމަވެސް އެއާލައިންތަކުގެ މެނޫތަކުން އަދި ދިވެހި ކެއުމެއް ނުފެންނަ ކަމަށް ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ، އެއީ ނުވާނެ ކަމެއް ނޫން ކަމަށާއި އެކަމަށް އިސްނަގައިގެން ހޮސްޕިޓަލިޓީ ދާއިރާގެ ފަރާތްތަކުން މަސައްކަތް ކުރުމަށް އެދޭ ކަމަށެވެ. އަދި ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސްގައި އެކަމާމެދު ވިސްނުމަށް ވަރަށް ރަނގަޅު ތަޖުރިބާކާރު ބޭފުޅުން އެބަ ތިއްބެވި ކަމަށް ވިދާޅުވި އެވެ.
ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސްއަކީ ޓޫރިޒަމް ދާއިރާގެ ހިދުމަތްތަކާއި އުފެއްދުންތައް ދައްކާލުމަށް ބާއްވާ އެންމެ ބޮޑު އެއް ހަރަކާތެވެ.
އަންނަ ބުދަ ދުވަހުގެ ނިޔަލަށް ދަރުބާރުގޭގައި ކުރިއަށް ގެންދާ މި އަހަރުގެ ހަރަކާތުގައި 120 ސްޓޯލްއެއް ބަހައްޓާފައިވާއިރު، ހަރަކާތުގެ ތެރެއިން ކުރިއަށްދާ ކަލިނަރީ ޗެލެންޖުގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ 600 އަށްވުރެ ގިނަ ހުނަރުވެރިން ބައިވެރިވެ އެވެ.
4 Comments
ގުޅުންހުރި
ރާއްޖެ ބަނގުރޫޓުނުވާނެ، ގައުމުތަކުން ދަރަނި ދެއްކުން ފަސްކޮށްދޭނެ: ސައީދު
ރާއްޖެ އެމެރިކާ ވިޔަފާރި އެއްބަސްވުމުގެ ތިންވަނަ ބައްދަލުވުން ބާއްވައިފި
މިނިސްޓަރު ސައީދު އެމެރިކާއަށް، 15 ދުވަސް ތެރޭ ރާއްޖޭން ބޭރަށް ކުރައްވާ
ކުރީ ސަރުކާރުން ރާވާފައިވަނީ މި ސަރުކާރު ފެށޭތާ ތިން މަސްތެރޭ ބަނގުރޫޓުކޮށްލަން:
ރާއްޖެ އާއި ތުރުކީއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ހެދުމުގެ މަސައްކަތް
ޑޮލަރުގެ އަގު ހަމައަކަށް އެޅެން ފަށައިފި، އިތުރު ފިޔަވަޅު ތަކާއެކު އިތުރަށް