ރާއްޖޭގައި ކުޑަކުދިންގެ މެދުގައި ނޭވާލާ ނިޒާމުގެ ބަލިތައް ޖައްސާ ރެސްޕިރޭޓަރީ ސިންސިޓިއަލް ވައިރަސް (އާރުއެސްވީ) ފެތުރެން ފަށާފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭ އިން މިއަދު ބުނީ އެ ވައިރަސް ފެތުރެން ފަށާފައިވާތީ އެކަން ވަރަށް ގާތުން މޮނީޓާކުރަމުން އަންނަ ކަމަށެވެ. އަދި އެ ވައިރަސް ފެތުރުމުގެ ފުރުސަތު ނުދިނުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޑޮކްޓަރު އަހުމަދު ފައިސަލް ވިދާޅުވި ގޮތުގައި އެ ވައިރަހުން ރައްކާތެރިވުމަށް އެންމެ މުހިންމު ކަމަކީ ސާފުތާހިރުކަމެވެ. ހާއްސަކޮށް އަތްދޮވެ ހިއްކުން މުހިންމު ކަމަށް ވިދާޅުވި އެވެ.
އެޗްޕީއޭ އިން އިތުރަށް ބުނީ، ވައިރަސް ފެތުރުމުގެ ފުރުސަތު ނުދިނުމުގެ ގޮތުން މީހުން ގިނައިން އެއްވާ ތަންތަނަށް ނުދިއުމަށާއި ކިނބިހި އަޅައި ކެއްސާއިރު ނޭފަތާއި އަނގަ ރަނގަޅަށް ބަންދު ކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.
ބޮޑެތި މީހުންގެ ފަރާތުން ފެންނަ މި ވައިރަސްގެ އަލާމާތްތަކުގެ ތެރޭގައި، ހުން އައުން، ކެއްސުން، ނޭވާލާން އުނދަގޫވުން އަދި މޭގައި ރިއްސުން ހިމެނެއެވެ. މިފަދަ އަލާމާތެއް ފެނިއްޖެ ނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.



ގުޅުންހުރި
އެމްޕީއެލްގެ މުވައްޒަފަކަށް ފިޓް ޖެހިގެން ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެ
އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސްގެ ރޯދަ ސޭލް ފަށައިފި
އަތޮޅުތަކުން މާލެއަށް 1530 ދަރިވަރުން ބަދަލުވެއްޖެ، ގިނައީ ހުޅުމާލެއަށް
އެފްޑީސީގެ ހުރިހާ ޓަވަރަކަށް ކަރަންޓު ގުޅައި ނިންމާލައިފި
ޓެކުހަށް މަކަރު ހެދި މައްސަލައިގައި ދެ ޑޮކްޓަރުންނަށް ދައުވާކޮށްފި
މިފްކޯއިން 10 ކިލޯއިން މަތީގެ ކަންނެލި ގަންނަން ފަށައިފި، ކިލޯއަކަށް 20