ރާއްޖެއަށް އެހީތެތިކަން ފޯރުކޮށްދެވެން އޮތް ކޮންމެ ދާއިރާއަކުންވެސް އެހީތެރިވުމަށް އެކުވެރި އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ތައްޔާރަށް އޮތް ކަމުގެ ޔަގީންކަން އެ ގައުމުން ދީފި އެވެ.
ޔޫއޭއީ އިން އެ ޔަގީންކަން ދިނީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ޔޫއޭއީގެ ބޮޑުވަޒީރުގެ ނައިބު އަދި ހާރިޖީ ވަޒީރު ޝައިހް އަބްދުالله ބިން ޒާއިދު އާލް ނަހްޔާނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގަ އެވެ. އެ ބައްދަލުކުރެއްވުން އޮތީ އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާ ގައެވެ.
ރައީސް އޮފީހުން ބުނީ، އެ ބައްދަލުކުރެއްވުމުގައި ރާއްޖޭގެ މިހާރުގެ ހާލަތާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަައި ރާއްޖެއަށް އެހީތެރިކަން ބޭނުންވާ ދާއިރާތައް ރައީސް ފާހަގަކުރެއްވި ކަމަށެވެ. ހާއްސަގޮތެއްގައި އިގުތިސާދީ ތަރައްގީއާއި އިންވެސްޓްމަންޓް އަދި ސިއްހީ ދާއިރާގެ ކުރިއެރުމަށް ބޭނުންވާ އެހީތެރިކަން އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ކަމަށް ބުންޏެވެ.
ރައީސް އޮފީހުން ބުނީ، ރައީސްގެ ވާހަކަފުޅަށް ޖަވާބު ދެއްވަމުން ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުމުގެ މުހިންމުކަން ޔޫއޭއީގެ ފޮރިން މިނިސްޓަރު ފާހަގަކުރެއްވި ކަމަށެވެ.
އަދި އެ ބައްދަލުކުރެއްވުން ނިންމަވާލައްވާފައި ވަނީ ދެ ގައުމުގެ ދެމެދުގަައި އޮތް ސިޔާސީ ގުޅުން ހަރުދަނާކޮށް، ދެ ގައުމުން އިސްކަންދޭ ކަންކަމުގައި އެކުގައި މަސައްކަތް ކުރެއްވުމާއެކު އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ދެއްވަމުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.




ގުޅުންހުރި
ސިނގިރޭޓު ވައްކަން: ދިހަވަނަ މީހަކަށް ހައްޔަރުކުރީ ބިދޭސީއެއް
ދައުވަތު ދީގެން މަންދޫއަށް ދިޔަ ރައީސްގެ ޓީމުން އެރަށު ޒުވާނުން ލަދުގަންނަވާލައިފި
ވައްޑެ، ރައީސް މުއިއްޒަށް: 8 ކުލާސްރޫމް ހެދުމަކީ އަދި 8 މަޝްރޫއު
މާލެ އާއި އެހެން ރަށްތަކަކީ އަޅުގަނޑުގެ ކުރިމަތީގައި ހަމަހަމަ ރަށްތަކެއް: ރައީސް
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 1,875 މަޝްރޫއުއެއް ކުރިއަށް އެބަދޭ: ރައީސް
ބަދަލު ނުހިފާތީ ސިޔާސީ ވެރިން ލާން ހެދި ގޮޅިތައް އެހުރީ ހުހަށް: