އޮކްޓޯބަރ 4, 2024

އެކައުންޓުތަކުން 482،000ރ ފޭރުނު ބީއެމްއެލްގެ މުވައްޒަފަކަށް ހުކުމްކުރީ މުޖުތަމައަށް ހިދުމަތް ކުރަން

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކަސްޓަމަރުންތަކެއް އެކައުންޓުތަކުން 482،000 އަށްވުރެ ގިނަ ރުފިޔާ ފޭރުނު އެ ބޭންކުގެ މުވައްޒަފަކު މުޖުތަމައުއަށް ހިދުމަތް ކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މިއީ ދައުލަތުގެ ފަރާތުން ބ. އޭދަފުށީ/ ހިޔާވަހި، އަލީ މާޒިންގެ މައްޗަށް ހުށަހަޅާފައިވާ ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ އެކެވެ.

އޭނާގެ މައްޗަށް އެ ދައުވާ ކޮށްފައިވަނީ 18 ސެޕްޓެމްބަރު 2012 އިން 26 އޮކްޓޯބަރު 2021 ގެ ނިޔަލަށް ބީއެމްއެލްގެ ކަސްޓަމާ ސާވިސް އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތްކުރި ދުވަސްވަރު، އެ މަގާމުން އޭނާއަށް ލިބިފައިވާ މައުލޫމާތާއި ބާރުގެ ބޭނުންކޮށްގެން އެކި ދުވަސްމަތިން ބީއެމްއެލްގެ 12 ކަސްޓަމަރެއްގެ މައުލޫމާތު ބޭންކުގެ ސީއާރުއެމް ސިސްޓަމުން ބަދަލުކޮށް ކަސްޓަމަރުންގެ ހުއްދަ ނެތި އެ ކަސްޓަމަރުންގެ އިންޓަނެޓް ބޭންކިން ރަޖިސްޓްރީކޮށް އެ ކަސްޓަމަރުންގެ އެކައުންޓްތަކުން 482،611 ރުފިޔާ ސައްހަނޫން ކްރެޑިޓް ކާޑު ޕޭމަންޓުގެ ގޮތުގައާއި ފޮރެކްސް ޓްރާންސެކްޝަންގެ ގޮތުގައާއި އޭނާގެ އަމިއްލަ އެކައުންޓަށް ޖަމާކޮށްގެން އޭނާގެ އަމިއްލަ ފައިސާގެ ގޮތުގައި އެ ފައިސާއިން މުއާމަލާތްކޮށް އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާތީ އެވެ.

ގާނޫނުގައި އެ ކުށަށް ކަނޑައަޅާފައިވާ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށްލުމެވެ. ނަމަވެސް މި މައްސަލައިގައި ދައުލަތުން ވަނީ މާޒިން އާއެކު 30 އޮގަސްޓް 2023 ގައި އިއުތިރާފުގެ އެއްބަސްވުމެއް ހަދައިފަ އެވެ.

އެ އެއްބަސްވުމުގެ ދަށުން އޭނާގެ މައްޗަށް އަންނަ ޖަލު އަދަބު ވަނީ 40 ގަޑިއިރު މުޖުތަމައު ހިދުމަތް ކުރުމަށާއި 56،200 ރުފިޔާ އިން ޖޫރިމަނާކުރުމުގެ އަދަބަކަށް ބަދަލުކޮށްފަ އެވެ. އަދި ބީއެމްއެލް އާއި ދައުވާ ލިބޭ މާޒިންއާ ދެމެދު ހަދާފައިވާ އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކަމުން ދިއުމަށްވެސް އެއްބަސްވެފައިވެ އެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުގެ ގާޒީ އާމިނަތު އަޒްލިފާ ވަނީ މާޒިން އޭނާ ކުރި ކުށަށް އިއުތިރާފުވެފައިވާތީ ހިޔާނާތްތެރިވުމުގެ ކުށުން އޭނާ ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައިފަ އެވެ. އަދި އެ ކުށުގެ އުގޫބާތެއްގެ ގޮތުން 40 ގަޑިއިރުގެ މުއްދަތަކަށް މުޖުތަމައުއަށް ހިދުމަތް ކުރުމަށާއި 56،200 ރުފިޔާ އިން މާޒިން ޖޫރިމަނާ ކުރުމަށް ހުކުމް ކުރެއްވި އެވެ.

ހުކުމުގައި ބުނެފައިވާ ގޮތުން އެ ފައިސާ މިއަދުން ފެށިގެން ތިން މަސް ދުވަހުގެ ތެރޭގައި މީރާއަށް ދައްކަންޖެހެ އެވެ.

6 Comments

  • Dhuā ސެޕްޓެމްބަރ 30, 2024

    Bondo vagakalhaa vakkan kiyavagen rs vakkan keraaa tie edagen 🙄

  • Mohamed Mukhthaar ސެޕްޓެމްބަރ 30, 2024

    Rihaakuru fulhi vagan vegima 6 Aharu

  • Ibrahim Thoif ސެޕްޓެމްބަރ 30, 2024

    Thikahala ethah muvazzafunneh onnaane BML ga
    Alc thakun rf kandaalaaevarah

  • Fãheema Hãmyd Fãheema ސެޕްޓެމްބަރ 30, 2024

    Thiothee hama aiy kendumaa dhaadhi ehfadha hukumeh koffa 😡 dhen kihinehtha mi gaumuga feyrumaa vakkamaa huttuvaanee.

  • ޙުސައިން މަމްދޫޙް ސެޕްޓެމްބަރ 30, 2024

    Dhen ehen veema konme meehakuves emeehakah kurevunu varakah vakkan kurevveenu. Aakhiratheh dhuniye eh vaiykehvaa baeh nooniyya

  • Abdulla Shiyam އޮކްޓޯބަރ 1, 2024

    Qaanoonu ge beynumeh eba oiytha, deal thah hedhey kamah vanyaa, qaanoon asaasy ge baaru kanduvaalun thee molhethi deal thah sarukaarun beynun gothakah hedhey kamah vanyaa, mee qaanoon thanfeez kuran thibhi ….. ge haalathakee,

Leave a Reply