ސްޓެލްކޯ ކޮންޓެކްޓް ސެންޓަރުގެ ހިދުމަތް 24 ގަޑިއިރަށް ބަދަލުކޮށްފި އެވެ.
ސްޓެލްކޯ ކޮންޓެކްޓް ސެންޓަރުގެ ހިދުމަތް ތަރައްގީކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެ ބަދަލު ގެނެސްފައިވަނީ ރޭ 12:00 އިން ފެށިގެންނެވެ.
ރައްޔިތުންނާ ގާތުން މަސައްކަތްކޮށް، ފަސޭހަކަމާއެކު، ރައްޔިތުންނަށް ހިދުމަތް ދިނުމަށް ސްޓެލްކޯ އިން ކޮންޓެކްޓް ސެންޓަރެއް ގާއިމުކޮށް ހޮޓްލައިން، 1545 ތައާރަފުކުރީ މިދިޔަ އޯގަސްޓް މަހުގެ 28 ވަނަ ދުވަހު އެވެ.
އެ ހޮޓްލައިން މެދުވެރިކޮށް ކޮންޓެކްޓް ސެންޓަރަށް ގުޅައިގެން ސްޓެލްކޯއިން ފޯރުކޮށްދެމުންދާ ހުރިހާ ހިދުމަތަކާއި ގުޅުންހުރި މައުލޫމާތު ލިބިގަނެ، ކަރަންޓު ބިލުތަކާއި ގުޅުންހުރި ޝަކުވާތައް ހުށަހެޅޭނެ އެވެ.
ސްޓެލްކޯ ކޮންޓެކްޓް ސެންޓަރުގެ ހިދުމަތް 24 ގަޑިއިރަށް ބަދަލުކޮށް ހިދުމަތް ފުޅާކުރުމާއި ގުޅިގެން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވީ، މިއީ ސްޓެލްކޯގެ ހިދުމަތް ފުޅާކޮށް، އެ ކުންފުނިން ދެމުން އަންނަ ހިދުމަތްތަކަކީ ޒަމާނާ އެއްހަމައެއްގައި ފައިހަމަކުރާ ހިދުމަތްތަކަކަށް ހެދުމަށް ކުރަމުންދާ މަސައްކަތަށް އިތުރުކުރެވުނު ބޮޅެއް ކަމަށެވެ.
”އިރާދަކުރެއްވިއްޔާ މި ހިދުމަތް ވެގެންދާނީ ސްޓެލްކޯއަށް މިހާރުވެސް ރައްޔިތުން ކުރަމުންދާ ފުރިހަމަ އިތުބާރު އިތުރުވެ، ރައްޔިތުންނާއި ގާތުން ހިދުމަތް ދިނުމުގައި އަޅުގަނޑުމެންނަށް ކުރިއަށް އެޅޭ ކާމިޔާބު ފިޔަވަޅަކަށް،“ ފަހުމީ ވިދާޅުވި އެވެ.
ހޮޓްލައިނެއްގެ އިތުރުން ސްޓެލްކޯއިން ވަނީ އެ ކުންފުނީ ހިދުމަތްތައް އިތުރަށް ފުރިހަމަކުރުމަށްޓަކައި، ސްޓެލްކޯ ކެއާގެ ހިދުމަތާއެކު ވައިބާ، ވަޓްސްއެޕް އަދި ޓެލެގްރާމް މެދުވެރިކޮށް ސްޓެލްކޯގެ ކޮންޓެކްޓް ސެންޓަރާއި މުއާމަލާތު ކުރެވޭނެ އިންތިޒާމުވެސް ހަމަޖައްސައިފަ އެވެ.
ގުޅުންހުރި
ސްޓެލްކޯގެ ލީޑާޝިޕް އެންހޭންސްމެންޓް ޓްރެއިންގެ 469 މުވައްޒަފުން ފުރިހަމަކޮށްފި
އިސްލާމީ މަރުކަޒުގެ މަސްފެންގަނޑު މަރާމާތު ކޮށްދޭން ސްޓެލްކޯ އިން ޝައުގުވެރިކަން ފާޅުކޮށްފި
މާދަމާ ހެނދުނު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިދާނެ: ސްޓެލްކޯ
ސްޓެލްކޯގެ 500،000 ގަސް އިންދުމުގެ ޕްރޮގްރާމް: 4 މަސް ތެރޭ 36،800
ސްޓެލްކޯގެ ލީޑާޝިޕް އެންހޭންސްމެންޓް ޓްރެއިންގެ ޕްރޮގްރާމުގެ ހަތް ވަނަ ބެޗު ފަށައިފި
ސްޓެލްކޯ ފޮޅާ ސާފުކުރުމުގެ މަސައްކަތް ވެމްކޯއާ ހަވާލުކޮށްފި