އިރާނުން ޔަހޫދީ އިޒްރޭލާ ދެކޮޅަށް މިސައިލް ހަމަލާތަކެއް ދޭން ފަށައިފި އެވެ.
އިޒްރޭލުން ވެރިވެގަނެފައިވާ ރާމަލަالله ގައި ހުރި އަލް ޖަޒީރާގެ ނޫސްވެރިއަކު ބުނީ, އެތައް ސަތޭކަ މިސައިލެއް އިޒްރޭލާއި ގުދުސާ ދިމާލަށް ދަތުރުކުރަމުންދާ ކަމަށެވެ.
”އިޒްރޭލާ ދިމާލަށް މިސައިލްތައް ދަނީ ހުއްޓުމެއް ނެތި. ސައިރެންގެ އަޑު އަދިވެސް ނުކެނޑޭ. އިޒްރޭލުގެ ބޮޑު ސަރަހައްދަކުން ސައިރަންގެ އަޑު އެބަ އިވޭ,“ ނޫސްވެރިޔާ ރިޕޯޓް ކޮށްފައިވެ އެވެ.
އިތުރު ރިޕޯޓްތައް ބުނާ ގޮތުން އިރާނުން ވަނީ މިސައިލް ހަމަލާގެ ދެވަނަ ރާޅެއްވެސް އިޒްރޭލަށް ފޮނުވާލައިފަ އެވެ. މި ފަހަރު މިސައިލްތައް ފޮނުވާލާފައިވަނީ ތިރި ތިރިން ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.
ހަމަލާތަކާ ގުޅިގެން އިރާންގެ އިސްލާމިކް ރެވެލޫޝަނަރީ ގާޑް ކޯޕުން ވަރަށް އަވަހަށް ބަޔާނެއް ނެރޭނެ ކަމަށް އިރާނުގެ ގައުމީ މީޑިއާ އިން ވަނީ ރިޕޯޓްކޮށްފަ އެވެ.
ހަމަލާތަކާ ގުޅިގެން އިޒްރޭލުގެ އަސްކަރިއްޔާ އިން ބުނީ، އެ ގައުމުގެ ދިފާއީ ނިޒާމު ފުރިހަމައަށް އޮޕަރޭޓް ކުރަމުން އަންނަ ކަމަށާއި އަންނަ ހުރިހާ ނުރައްކަލެއް ދެނެގަނެ، ނައްތާލަމުން އަންނަ ކަމަށެވެ.

ގުޅުންހުރި
ރުކުމާ އަނެއްކާވެސް އެހެން ކުންފުންޏަކަށް، މިފަހަރު ފެނަކައިން މޯލްޑިވް ގޭހަށް
ރަސްމާލޭގައި ފްލެޓް އެޅުމުގެ ފުރުސަތު ސިންގަޕޫރުގެ އިންވެސްޓަރުންނަށް ހުޅުވާލައިފި
މަޖީދީ މަގާއި ބޮޑުތަކުރުފާނު މަގުގައި ޕާކުކޮށްގެން 380 ސައިކަލާއި 40 ކާރު
ތެޔޮ އުފުލާ ދެ ދޯންޏެއްގައި ރޯވެ ދެ މީހަކު ފިހިއްޖެ
680 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓް ޔަގީންވެއްޖެ: ސައީދު
ފުރަތަމަ އެސްއީޒެޑް މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފި