ނޮވެމްބަރ 22, 2024

ފާޑުކިޔުންތަކާ ގުޅިގެން އިސްލާމީ މަރުކަޒުގައި މަސްފެންގަނޑެއް ހަދަން ކުރި އިއުލާނު ބާތިލުކޮށްފި

އިސްލާމީ މަރުކަޒުގެ މުންނާރު ކައިރީ މަސްފެންގަނޑެއް ހަދަން ކުރި އިއުލާނު ބާތިލު ކުރަން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަންގަވައިފި އެވެ.

އިސްލާމީ މަރުކަޒުގައި މަސްފެންގަނޑެއް ހަދަން އިއުލާން ކުރީ އެ މަރުކަޒަށް 40 އަހަރު ފުރުން ފާހަގަކުރާ މުނާސަބަތާ ގުޅިގެންނެވެ. އެއީ މީގެ ކުރިންވެސް އެ ތަނުގައި އޮތް ފެންގަނޑެކެވެ.

މިނިސްޓަރު ޝަހީމް މިއަދު ވިދާޅުވީ އިގުތިސާދީ ހާލަތު ހުރި ގޮތުން މި ވަގުތު އެފަދަ ކަންކަން ކުރުމަކީ އެންމެ މުނާސަބު ކަމަކަށް ނުވާތީ މަސްފެންގަނޑު ހަދަން ކުރި އިއުލާން ބާތިލުކުރުމަށް އަންގަވާފައިވާ ކަމަށެވެ.

”އަސްލު އެ ފެންގަނޑަކީ މަރުކަޒު އެޅީއްސުރެ މުންނާރު ތިރީގައި އޮންނަ ފެންގަނޑެއް. އެތަން މަރާމާތު ކުރުމުގެ މަސައްކަތް ދަނީ،“ ޝަހީމު ވިދާޅުވި އެވެ.

އިގުތިސާދީ ހާލަތު ހުރި ގޮތުން މަސްފެންގަނޑު ހަދަން ކުރި އިއުލާން ބާތިލުކުރަން އެންގެވި ކަމަށް ޝަހީމު ވިދާޅުވި ނަމަވެސް، ސަރުކާރުން ހަރަދު ކުޑަކުރަން ނިންމާފައިވާ ކަމަށް ބުނާއިރު އެ މަސައްކަތަށް އިއުލާން ކުރުމުން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވި އެވެ.