އޮކްޓޯބަރ 5, 2024

ގުރުއާން ހިތުދަސް ކުރި 28 ހާފިޒަކަށް ރައީސްގެ ހާއްސަ މެޑަލް ދީފި

ކީރިތި ގުރުއާން ހިތުދަސް ކުރި 28 ހާފިޒަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ މެޑަލް މިއަދު ދީފި އެވެ.

ރާއްޖެ އިސްލާމްވި ދުވަހާ ގުޅިގެން ދަރުބާރުގޭގައި މިއަދު ހެނދުނު ބޭއްވި ރަސްމީ ޖަލްސާގައި ގުރުއާން ހިތުދަސް ކުރި ހާފިޒުންނަށް މެޑަލް ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

އެ ހާފިޒުންނަކީ 1 އޮކްޓޯބަރު 2022 އިން 1 ސެޕްޓެންބަރު 2024 ގެ ނިޔަލަށް ގުރުއާން ހިތުދަސް ކުރި ހާފިޒުންނެވެ.

މެޑަލް ހާސިލުކުރި ހާފިޒުން:

  • އަލްހާފިޒާ ހަކީމަތު މުހައްމަދު، ޏ. ފުވައްމުލައް، ހީނާގެ.
  • އަލްހާފިޒާ ފާތިމަތު އިޝާ، ށ. މިލަންދޫ، ނިޒާމް.
  • އަލްހާފިޒާ ޖަމީލާ އަލީދީދީ، ޏ. ފުވައްމުލައް، މައްސާގުގެ.
  • އަލްހާފިޒާ ފާތިމަތުދީދީ، ސ. ހިތަދޫ، ޝެވިލް.
  • އަލްހާފިޒް އަބްދުﷲ ރަޝީދު، ސ. ހިތަދޫ، އަލުއިމާގެ.
  • އަލްހާފިޒާ ފާތިމަތު އަހްމަދު، ޏ. ފުވައްމުލައް، ގުލްދަސްތާގެ.
  • އަލްހާފިޒް މޫސާ އަޝްހަލް އަޝްރަފް، ހ. އީސްޓްލައިޓް.
  • އަލްހާފިޒާ އާމިނަތު ލަތީފާ، ސ. ހިތަދޫ، ތިބްރޯޒްގެ.
  • އަލްހާފިޒާ ޔުމްނާ އަބްދުލްއަޒީޒޒު، ދ. މީދޫ، ފެހިގެ.
  • އަލްހާފިޒާ ސަހިއްޔާ އަބްދުލްއަނީ، ރ. މީދޫ، ކުރިބޯށި.
  • އަލްހާފިޒާ ސައުދިއްޔާ މޫސާ، ށ. ބިލެތްފަހި، މީނާޒް.
  • އަލްހާފިޒް އަބްދުﷲ ބިން ޔާމީން، ސ. މަރަދޫ، މޫންލައިޓްހިޔާ.
  • އަލްހާފިޒް މުހައްމަދު ހަނޫން ހުސެއިން، ސ. ފޭދޫ، ފަރުބަދަ.
  • އަލްހާފިޒް އިޒްކާން އަޖީބް ހުސެއިން، ގ. ފަރެސް.
  • އަލްހާފިޒް ރާހިން ބިން މުހައްމަދު، ގދ. ފަރެސްމާތޮޑާ، ޖަގަހަ.
  • އަލްހާފިޒް މުހައްމަދު ޔޫނުސް ބިން އިބްރާހިމް ޒާހިރު، ރ. ފައިނު، ޖަވާހިރުމާގެ.
  • އަލްހާފިޒް ރަސްލާން އަބްދުއްރައްޒާގް އީސާ، ރ. މީދޫ، އަންބަރީގެ.
  • އަލްހާފިޒު އަދީން މުހައްމަދު، ޏ. ފުވައްމުލައް، ބެންހާގެ.
  • އަލްހާފިޒާ ފާތިމަތު ނަސީރު، ސ. ހިތަދޫ، ނިކަގަސްދޮށުގެ.
  • އަލްހާފިޒް އަލީ ރައީފު، އއ. ތޮއްޑޫ، ދޮންމޫނިމާ.
  • އަލްހާފިޒް އަލާވީ އައްޔޫބް ބުން މުހައްމަދު ޝުޖާއު، މއ. ރަތްއެންދެރި.
  • އަލްހާފިޒް އާސިރު އާރިފް ޔޫސުފް، ބ. އޭދަފުށި، އަޅިވިލާގެ.
  • އަލްހާފިޒާ މޫނިސާ އަބްދުއްރަހީމް، ނ. ލަންދޫ، ކިނާރާ.
  • އަލްހާފިޒާ ޝަބީނާ އަބްދުﷲ، ގއ. ދެއްވަދޫ، އަސްވާޑު.

ގުރުއާން ހިތުދަސް ކުރާ ހާފިޒުންނަށް އެންމެ ފުރަތަމަ ރައީސްގެ މެޑަލް ދޭން ފެށީ 2014 ގަ އެވެ. އެ ފަހަރު ތިން ހާފިޒުން މެޑަލް ހާސިލު ކުރި އެވެ.

އެ އުސޫލަށް ބަދަލު ގެނެސް 2020 އިން ފެށިގެން ގުރުއާން ހިތުދަސް ކުރާ ހާފިޒުންގެ ތެރެއިން 85 ޕަސަންޓު މާކްސް ލިބިގެން އެއްވަނަ ދަރަޖައިގައި ފާސްވާ ހާފިޒުންނަށް ރައީސްގެ ހާއްސަ މެޑަލްއެއް ދޭން ފެށި އެވެ. އެ މެޑަލް ދެމުން އައީ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގަ އެވެ.

އަދި ދެވަނަ އަދި ތިންވަނަ ދަރަޖައިގައި ފާސްވާ ހާފިޒުންނަށް ރައީސްގެ މެޑަލް ދެމުން ދިޔައީ ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ޖަލްސާގަ އެވެ.