ނޮވެމްބަރ 22, 2024

ބައްސާމް އެދުނު ގޮތަށް އެޕާޓްމަންޓްތައް ހަވާލުކުރަން ދިން މުއްދަތު ފުލުހުން އިތުރުކޮށްދީފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ރައީސް ބައްސާމް އާދިލް ޖަލީލް އެދުނު ގޮތަށް، ހުޅުމާލޭގައި ހުންނަ އަމީން އެވެނިއު އިން އޭނާ ގަތް ދެ އެޕާޓްމެންޓް ހަވާލުކުރަން ދިން މުއްދަތު ފުލުހުން އިތުރުކޮށްދީފި އެވެ.

އެފްއޭއެމްގެ ފައިސާ އިން ގަނެފައިވާ ކަމަށް ތުހުމަތުކުރާ އެ އެޕާޓްމަންޓް މިއަދުގެ ކުރިން ފުލުހުންނާ ހަވާލުކުރަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ނަމަވެސް ފުލުހުންނަށް ފޮނުވި ސިޓީއެއްގައި ބައްސާމް ވިދާޅުވީ އެޕާޓްމެންޓްތައް ހަވާލުކޮށްފިނަމަ އޭނާ ދަރިންނާއެކު ވަންނާނެ އިތުރު އެހެން ތަނެއް ނުހުންނާނެ ކަމަށެވެ. އެހެންވެ އެޕާޓްމެންޓް ހަވާލުކުރުމުގެ ކަންކަން މި މަހުގެ ނިޔަލަށް ފަސްކޮށް ދިނުމަށް އޭނާ އެދުނެވެ.

ފުލުހުން ދެންމެ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ހާލަތަށް ރިއާޔަތްކޮށް، ސިޓީގައި އެދިފައިވާ މުއްދަތަށް ފުރުސަތު ދީފައިވާ ކަމަށެވެ. އަދި އެކަން ލިޔުމުން ބައްސާމަށް އަންގާފައިވާނެ ކަމަށްވެސް ބުންޏެވެ.

ފުލުހުންގެ ބުނެފައިވާ ގޮތުން ބައްސާމް އެ ދެ އެޕާޓްމަންޓް ގަތީ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ފުޓްބޯޅް ކުލަބުތަކަށް މާލީ ގޮތުން އެހީވުމަށް އެފްއޭއެމްގެ ނަމުގައި ފީފާ އިން ހޯދި 1.9 މިލިއަން ޑޮލަރުންނެވެ. އަދި އެޕާޓްމެންޓު ގަތުމުގެ އެ މުއާމަލާތަކީ ޑޮލަރުގެ ގަތުމުގެ މުއާމަލާތެެއް ކަމަށް ދެއްކުމަށް މަސައްކަތް ކޮށްފައިވާ ކަމަށްވެސް ބުންޏެވެ.

ފުލުހުން އިތުރަށް ބުނީ، އެ ފައިސާ އެފްއޭއެމް އަށް ލިބިފައިވާކަން ދެއްކުމަށްޓަކައި ކުންފުންޏެއް މެދުވެރިކޮށް، ލޯނު ނަގާފައިވާކަންވެސް ފާހަގަކުރެވޭ ކަމަށާއި ފީފާ އިން ނެގި ފައިސާގެ އަދަދާއި އަމީން ކޮންޓްރަކްޝަނަށް ފައިސާ ދައްކާފައިވާ ރިސިޕްޓުތަކުގައި ބަޔާންކޮށްފައިވާ ފައިސާގެ އަދަދާ ދިމާވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އަމީން ކޮންސްޓްރަކްޝަންގެ މައްޗަށާއި ބައްސާމު އަދި މ. ހިރިނައިދޫ/ ހަސަން ވަހީދުގެ އިތުރުން ގއ. ގެމަނަފުށި މުހައްމަދު އަގީލުގެ މައްޗަށް، އޮޅުވާލުމާއި ހިޔާނާތުގެ ކުށާއި މަނީ ލޯންޑަރިންގެ ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް ވަނީ ފޮނުވައިފަ އެވެ.

5 Comments

  • Ahmed NAfiz އޮކްޓޯބަރ 6, 2024

    Mi sarukaaruge muassasaa thakakee haadhahaavaa naa insaa thanthan ey, nikame raiyyithaku, kameh koffi nama vaguthun action, namaves meena baehge faisaa gadun vakkan kureemaves eyna bunaa bunumah fas kuran vee, mi sarukaarakee bodah Raiyyithun thafaathu kuraa sarukaareh, varah naa Insaafu adhulu Insaafu gaaimu kuran masaiykaiy kuraa baeh.

  • Abdhulla Naeem އޮކްޓޯބަރ 6, 2024

    mee haadha fahkaa kamekey dhw 😂

  • Sham Aan އޮކްޓޯބަރ 7, 2024

    Vagakah 1000 dhuvas veri akah 1 dhuvas

  • Moona Moony އޮކްޓޯބަރ 7, 2024

    Vaki bayakah mi adhabu dhevenee sarukaaruge laarithah beynunkohgen ulhenee kithah meehun gethah ganegen killi thalhaigenaa foah vikaigenaa amuru foaruvenee dhethin meehunah viyya

  • Aminath Mufeedha އޮކްޓޯބަރ 7, 2024

    Vagunnaa vagunthah gulhi laamehifa

Leave a Reply