އިސްލާމީ މަރުކަޒުގެ މުންނާރު ތިރީގައި ހަދާފައި އޮންނަ މަސްފެންގަނޑު މަރާމާތު ކޮށްދޭން ސްޓެލްކޯ އިން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.
އިސްލާމީ މަރުކަޒަށް 40 އަހަރު ފުރުން ފާހަގަކުރާ މުނާސަބަތާ ގުޅިގެން އިސްލާމީ މަރުކަޒުގެ މުންނާރު ތިރީގައި ހަދާފައި އޮންނަ މަސްފެންގަނޑު މަރާމާތު ކުރަން މި މަހުގެ ދެވަނަ ދުވަހު އިސްލާމިކް މިނިސްޓްރީން އިއުލާން ކުރި އެވެ. ސަރުކާރުން ހަރަދުކުޑަ ކުރަން އަންގާފައިވަނިކޮށް އެފަދަ ކަމެއް ކުރަން އުޅުމުން ގިނަ ބަޔަކު އެކަމަށް ފާޑުވެސް ކި އެވެ.
އެހެންވެ އިގުތިސާދީ ހާލަތު ހުރި ގޮތުން މި ވަގުތު އެފަދަ ކަމެއް ކުރުމަކީ އެންމެ މުނާސަބު ކަމަކަށް ނުވާނެ ކަމަށް ބުނެ އިއުލާން ބާތިލުކުރި އެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ ސްޓެލްކޯގެ އިޖުތިމާއީ ޒިންމާގެ ދަށުން މަސްފެންގަނޑު މަރާމާތު ކޮށްދޭން އެ ކުންފުނިން ޝައުގުވެރިކަން ފާޅުކުރީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އާއެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމެއްގައި ކަމަށެވެ.
އެކަމާ ގުޅޭގޮތުން ފަހުމީ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަގާފީ އަދި ދީނީ ބިންގާތައް ރައްކާތެރިކުރުމަށް ފުރުސަތުތައް ލިބުމަކީ ސްޓެލްކޯއަށް ލިބޭނެ ފަހުރެއް ކަމަށާއި އެގޮތުން އިސްލާމީ މަރުކަޒުގެ ކައިރީގައި ހަދާ މަސްފެންގަނޑަކީ ވެސް ތާރީހީ ތަނެއް ކަމަށެވެ.




ގުޅުންހުރި
އެންމެ ގިނަ އަދަދެއްގެ ހާފިޒުން ދަސްވެނިވާ ތާރީހީ ހަފުލާ އަންނަ އާދީއްތަ
ވާދަވެރިން ވެސް ގުޅެންވީ ޕީއެންސީއާ، ކާމިޔާބު ހޯދާނެ ފަޅިއަކީ މިއީ: ޝަހީމް
ނަގުދު ފައިސާއާއި ކޭޝް ކާޑުން ޒަކާތް ބަލައިގަންނަން ފަށައިފި
ސައުދީ ރަސްގެފާނުގެ ފަރާތުން ދޭ ރޯދަވީއްލުމުގެ ޕްރޮގްރާމް ރާއްޖޭގައި ފަށައިފި
މާދަމާއަކީ މުލަ ރޯދަ ދުވަސް
މައުލޫމާތުދޭން ހާޒިރުނުވުމުން އިސްލާމިކް މިނިސްޓްރީއަށް 700 ރުފިޔާގެ ޖޫރިމަނާއެއް